ކ. މާލެ
|
1 އޮކްޓޯބަރ 2017 | އާދީއްތަ 14:22
ސޮހާ އަލީ ޚާން
ސޮހާ އަލީ ޚާން
ގޫގުލް
ސޮހާ އަލީ ޚާން
ސޮހާއަށް އަންހެން ކުއްޖަކު ލިބިއްޖެ
ސޮހާއާއި ކުނާލް ކައިވެނި ކޮށްފައިވަނީ 2015 ގައި

ބޮލީވުޑްގެ ދެތަރިން ކަމަށްވާ ސޮހާ އަލީ ޚާން އާއި ކުނާލް ކޭމޫއަށް އަންހެން ދަރިއަކު ލިބިއްޖެއެވެ. ސޮހާ ވިހާފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

ސޮހާ ވިހެއުމާ ގުޅިގެން ކުނާލް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެދެމަފިރިންނަށް އަންހެން ދަރިއަކު ލިބިފައިވާ ކަމަށާއި ސޮހާ އާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ސޮހާ ބަލިވެ އިންކަން އިއުލާން ކޮށްފައި ވަނީ މިއަހަރުގެ އެޕްރީލްގައި ކުނާލެވެ.

ސޮހާ އާއި ކުނާލް ކައިވެނި ކޮށްފައިވަނީ 2015 ގައެވެ.

ސޮހާ އާއި ކުނާލް ބައްދަލު ވެފައި ވަނީ 2009 ވަނަ އަހަރު ފިލްމު "ދޫންޑްތޭ ރެހެޖާއޮގޭ" ޝޫޓް ކުރަން އުޅުމުގެ ތެރޭގައެވެ.

ގިނަ ދުވަސް ވަންދެން ރައްޓެހި ވެގެން އުޅުމަށް ފަހު، ސޮހާގެ ކައިވެންޏަށް ކުނާލް އަހާފައި ވަނީ 2014 ވަނަ އަހަރު ޕެރިސްގައެވެ.

ސޮހާގެ މަންމަ ޝަރްމީލާ ވަނީ މި ދެ ތަރިންނަށް މުމްބާއީ އިން ނުވަ ކްރޯޑް ރުޕީސްގެ އެޕާޓްމެންޓެއް ހަދިޔާ ކޮށްފައެވެ.

ސޮހާއަކީ މަންޞޫރު ޢަލީ ޚާން ޕަޓޯޑީ އަދި ފިލްމީ ބަތަލާ ޝަރުމީލާ ޓާގޯރުގެ ދަރިއެކެވެ. އަދި މަޝްހޫރު ފިލްމީ ތަރި ސައިފްގެ ކޮއްކޮއެވެ. ސޮހާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ކަލިޔުގް، ޖައި ވީރޫ، ގޯލްމާލް 3، ބާގް ޖޯނީ ހިމެނެއެވެ. ސޮހާ ވަނީ ކުޑަކުއްޖެއްގެ ރޯލުން ރާޖާ ހިންދުސްތާނީ އިން ފެނިގެންނެވެ.

- ކޮމެންޓް