އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައިގަނޑު ފޯކަސް އަކީ ވިޔަފާރި އާއި އަދި އުތުރު ކޮރެޔާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޮވެމްބަރުގައި ޗައިނާ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ތައްޔާރީތަކަކީ ވެސް ޓިލާސަން ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެ ކަމެެކެވެ.
ޓިލާސަންގެ ދަތުރުފުޅަކީ އެމަނިކުފާނު ޚާރިޖީ ވަޒީރު ކަމަށް ވަޑައިގަތްފަހުން ޗައިނާ އަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ރިޕޯޓުތައް ބުނާ ގޮތުން ހޮނިހިރު ދުވަހު ޓިލާސަން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ވެސް ބައްްދަލު ކުރައްވާނެއެވެ. މީގެ އިތުރުުން ވެސް ޗައިނާގެ ސީނިޔާ ފޮރިން ޕޮލިސީ އެޑްވައިޒާ ޔަން ޖެއިޗީ އާއި ފޮރިން މިނިސްޓަރު ވެންގް ޔީއާ ވެސް ބައްދަލު ކުރައްވާނެއެވެ.
އުތުރު ކޮރެއާ އިން ތަކުރާރުކޮށް މިސައިލް ޓެސްޓްތައްކޮށް އަދި ނިއުކްލިޔާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހިންގަމުން ދިޔުމުގެ ސަަބަބުން އުތުރު ކޮރެއާ އަށް ބައިނަލްއަގްވާމީ ގޮތުން އިންތިހާއަށް ފާޑުކިޔުން އަމާޒުވަމުން ދާއިރު، އުތުރު ކޮރެއާގެ އަމަލުތައް ހުއްޓުވުމަށް އެމެރިކާ އާއި އުުތުރު ކޮރެއާގެ ގުޅުމަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. އުތުރު ކޮރެއާ އިން ވިޔާފާރިކުރާ މައި ބައިވެރިއަކީ ޗައިނާ އެވެ. އަދި އެހީ ދިނުމާ އަދި ޑިޕްލޮމެޓިކް ސަޕޯޓު ވެސް އުތުރު ކޮރެއާ އަށް އެންމެ ބޮޑަށް ދެނީ ޗައިނާ އިންނެވެ. ރައީސް ޓްރަމަޮޕް ގެންދަވަނީ ޗައިނާ އިން އުތުުރު ކޮރެޔާ އަށް ހަރުކަށި ފިޔަވަޅު އެޅުމަށް، ޗައިނާ އަށް ބާރުއަޅުއްވަމުންނެވެ.