ކ. މާލެ
|
30 ސެޕްޓެންބަރ 2017 | ހޮނިހިރު 12:55
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރ ޕޯލް ޕޮގްބާ
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރ ޕޯލް ޕޮގްބާ
ގޫގުލް
މެންޗެސްޓާ ޔުނައިޓެޑް
ޕޮގްބާގެ އެނބުރި އައުމަށް ދިގު މުއްދަތެއް ނަގާނެ: މޮރީނިއޯ
ޕޮގްބާ އަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި ބަސެލް އަތުން މޮޅުވި މެޗުގައި
ޕޮގްބާ އެނބުރި އައުމަށް ނަގާނެ މުއްދަތާ ގުޅޭ ގޮތުން މޮރީނިއޯ ވާހަކައެއް ނުދެއްކި

މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރ ޕޯލް ޕޮގްބާ އަށް ލިބުނު އަނިޔާ އިން ސަލާމަތްވުމަށް ދިގު މުއްދަތެއް ނަގާނެ ކަމަށް އެކްލަބުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޕޮގްބާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ އަށް ފަހު އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް ދިގު މުއްދަތެއް ނަގާނެކަން ހާމަކުރި ނަމަވެސް، އެނބުރި ދަނޑަށް ނިކުމެވޭނެ ދުވަހަކާ ގުޅޭ ގޮތުން މޮރީނިއޯ ވާހަކައެއް ނުދައްކަ އެވެ.

ޕޮގްބާ އަށް އަނިޔާވީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި އަމިއްލަ ދަނޑުގައި ސްވިޓްޒަލެންޑްގެ އެފްސީ ބަސެލް އަތުން ތިން ލަނޑު ސުން ލަނޑުން ޔުނައިޓެޑް މޮޅުވި މެޗުގައެވެ. ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖްގައި ކުޅުނު ފުރަތަމަ މެޗުގެ 19ވަނަ މިނިޓުގައި ލިބުނު އަނިޔާއާ ގުޅިގެން ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ފްރާންސްގެ ޕްލޭމޭކަރ ކުޅެފައެއް ނުވެއެވެ.

ފުރަތަމަ ހެދި ޓެސްޓުތަކަށް ފަހު ޕޮގްބާގެ އަނިޔާ އިން ސަލާމަތްވުމަށް ހަތަރު ހަފްތާ އާއި ހަހަފްތާއާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ ކަމަށް ކުރިން ހާމަކުރިއެވެ.

އުމުރުން 24 އަހަރުގެ މިޑްފީލްޑަރ ކުޅުމަށް އެނބުރި އައުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަން ހާމަކޮށްފައިވާއިރު، އަނިޔާ އަށް ފަހު ޔުނައިޓެޑްގެ ފިލް ޖޯންސް އާއި އެންޓޯނިއޯ ވެލެންސިއާ ދަނީ ކްލަބުގެ ތަމްރީންތަކުގައި ބައިވެރިވަމުންނެވެ.

ޕޮގްބާގެ އިތުރުން، ޔުނައިޓެޑްގެ މިޑްފީލްޑަރުން ކަމަށްވާ މައިކަލް ކެރިކް އާއި މަރުއާނޭ ފެލައިނީ އަށް އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ޔުނައިޓެޑް ކުޅެން ޖެހޭ މެޗުގައި ނުކުޅެވޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް