ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 18:03
ކުރިން ބޭއްވުުނު ރޭހެއްގެ ތެރެއިން
ކުރިން ބޭއްވުުނު ރޭހެއްގެ ތެރެއިން
ގޫގުލް
އެމްއެމްއާރްއޭ ޑްރޭގް ރޭސް
އެމްއެމްއާރްއޭ ޑްރޭގް ރޭސް ފަށައިފި
މިފަހަރު ޖެހުމަށް ހަމަޖެހިފައިވަނީ ޑްރޭގް ރޭސް
އަމާޒަކީ ސޭފްޓީއާ ނުލާ ދުއްވާ ދުއްވުން މަދުކުރުން

މޯލްޑިވްސް މޮޓޯ ރޭސިން އެސޯސިއޭޝަން އާއި ބީ ބްރޯސް މޮޓޯސް ގުޅިގެން ބާއްވާ އެމްއެމްއާރް ޑްރޭގް ރޭސް ފަށައިފިއެވެ.

މިފަހަރުގެ މުބާރާތް ހިންގަނީ އެހެން އަހަރުތަކަށްވުރެ ތަފާތުކޮށް ކަމަށް ބީ ބްރޯސް މޮޓޯސްގެ ފަރާތުން ވަނީ ބުނެފައެވެ. އެގޮތުން ކުރީ އަހަރުތަކިގައި ބޭއްވި ރޭސްތަކުގައި ޖަހާފައިވަނީ ސާކިޓް ރޭސް ކަމަށާއި އެހެނަސް މި އަހަރު ޖެހުމަށް ހަމަޖެހިފައިވަނީ ޑްރޭގް ރޭސް ކަމަށް ބީބްރޯސް ރޭސިންއިން ވަނީ ބުނެފައެވެ. އަދި މިއަހަރުގެ ރޭހުގައިވެސް ސަލާމަތީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަން ދޭނެ ކަމަށާއި މުބާރާތުގެ ސަލާމަތީ ކަންކަން ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ސޭފްޓީ ރެގިއުލޭޝަންސްގެ ދަށުން ކަމަށް ބީ ބްރޯސް މޮޓޯސްއިން ބުނެފައިވެއެވެ.

މުބާރާތުގައި ހަމައެކަނި އެއްވަނަ ހޮވުމަށް ނިންމާފައިވާއިރު މި މުބާރާތް ކުރިޔަށް ގެންދިޔުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ރޭސްޖަހާ އެތްލީޓުން ހޭލުންތެރިކޮށް އެފަދަ އެތްލީޓުންނަށް ރޭސް ޖެހުމަށް ފުރުސަތުތަކެއް ހޯދައިދިނުން ކަމަށްވެސް ބީ ބްރޯސް މޮޓޯސްއިން ބުނެފައިވެއެވެ. އަދި މި ރޭސް ބޭއްވުމުގެ އެންމެ ބޮޑު އެއް އަމާޒަކީ ސޭފްޓީއާ ނުލާ މަގުމަތީގައި ބާރަށް ދުއްވާ ދުއްވުން ހުއްޓުވުން ކަމަށް ބީ ބްރޯސްއިން ބުނެފައިވެއެވެ.

މި ރޭހަށް ފަހުވެސް ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި އެތްލީޓުންނަށް ފަރިތަކުރަން ފުރުސަތު ދެވިގެން ދާނެ ކަމަށް ބީ ބްރޯސްއިން ބުނެފައިވެއެވެ. މިފަދަ ބޮޑު މުބާރާތެއް ބާއްވާއިރު ރަނގަޅު ފެންވަރެއްގެ ރޭސިން ޓްރެކެއް ނެތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި މޮޓޯ ރޭސިންއަށް ރާއްޖޭގައި ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށްވެސް އެ ޓީމުން ހާމަކުރިއެވެ. މި މުބާރާތް ހޮނިހިރު ދުވަހާ ހަމަޔަށް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް