ބަޔާން މިއުނިކްގެ ކޯޗުކަމުން އިޓަލީގެ ކާލޯ އަންޗެލޮޓީ ރޭ ވަކިކުރީ އެ ޓީމުގެ ނަތީޖާތަން ދައްވަމުންދާތީ އެކަމަށް ހައްލެން ހޯދަން ކަމަށް ބަޔާން އިން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
ބަޔާނުން ނެރުނު މި ބަޔާނުގައި ބުނެފައި ވަނީ އެންޗެލޮޓީ މަގާމުން ވަކިކުރީ މިވަގުތު ބަޔާންއިން ނެރެމުންދާ ދަށްނަތީޖާގެ ސަބަބުން އެ ޓީމުގެ ބޯޑުން ކަމަށެވެ. އަދި ބަޔާންގެ ބޯޑުން މިކަން މިގޮތަށް މި ނިންމީ ބޯޑުން ބެލިބެލުމުގައި އެ ޓީމަށް މި ވަގުުތު އެންމެ ރަނގަޅު ގޮތްކަމަށް ފެންނަތީ ކަމަށާއި އާ ކޯޗެއް ހަމަޖެހެންދެން ޓީމާ ވަގުތީގޮތުން ހަވާލުވާނީ އެސިސްޓަންޓް ކޯޗު ވިލީ ސަންޔޯލް ކަމަށެވެ.
ބަޔާންގެ ކޯޗުކަމުން އެންޗެލޮޓީ ވަކިކޮށްފައިވާއިރު، މި ފަހަރުގެ ސީޒަނުގައި ބަޔާންގެ ނަތީޖާތައް ވަނީ މީގެ ކުރިން ދުވަހަކު ވެސް ނުވާވަރަށް ދަށްވެފަ އެވެ. ލީގުގައި ހޮފެންހައިމް އަތުން 2-0 އިން ބަލިވުމުގެ އިތުރުން ވުލްފްސްބާގާ 2-2 އިން ވަނީ އެއްވަރުވެފަ އެވެ. އަދި އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުންވެސް ބަޔާން ވަނީ ޕީއެސްޖީ އަތުން 3-0 އިން ބަލިވެފައެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ބަޔާންގެ ކޯޗުކަމާއި ހަވާލުވި އެންޗެލޮޓީ ވަނީ މީގެ ކުރިން އޭސީ މިލާން، ޗެލްސީ، ރެއާލް މެޑްރިޑް އަދި ޕީއެސްޖީ އަށް ކޯޗުކޮށްދީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.އަންޗެލޮޓީ ވަނީ މިދިޔަ ސީޒަނުގައި ބަޔާނަށް ޖަރުމަނު ލީގު ކާމިޔާބު ކޮށްދީފަ އެވެ.
އެންޗެލޮޓީ ބަޔާންގެ ކޯޗުކަމުން ވަކިކުރިއިރު ދެން އޭނާ ކޯޗެއްގެ ގޮތުގައި ފެނުން އެންމެ ގާތީ ކުރީގެ ޓީމު މިލާނުންނެވެ. އެހެން ނަމަވެސް ބައެއް ރިޕޯޓުތަށް ބުނާގޮތުން އެންޗެލޮޓީ ދެން ފެނުން އެންމެ ގާތީ އިޓަލީ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައެވެ.