ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 16:37
ވެސްޓް އިންޑީސްގެ ޓީމު
ވެސްޓް އިންޑީސްގެ ޓީމު
ގޫގުލް
ކްރިކެޓް
އިންގްލޭންޑްއިން ވެސްޓް އިންޑީސް ބަލިކޮށްފި
މި ސީރީސްގެ ހަތަރު ވަނަ މެޗު އިންގްލޭންޑްއިން ކާމިޔާބުކޮށްފައިވަނީ 6 ލަނޑުން
އިންގްލޭންޑްއިން ވަނީ 35 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން 258 ލަނޑު ހަދާ ފަސް ވިކެޓް ނަގާފަ
ވެސްޓް އިންޑީސްއިން ވަނީ 50 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 356 ލަނޑު ހަދާ ފަސް ވިކެޓް ނަގާފަ

އިންގްލޭންޑާއި ވެސްޓް އިންޑީސްއާ ދެމެދު ކުރިޔަށްދިޔަ ފަސް މެޗުގެ އޯޑީއައި ސީރީސްއިން އިންގްލޭންޑް މޮޅުވެއްޖެއެވެ.

ލަންޑަންގައި ހުންނަ "ދަ ކިއާ އޯވަލް" ސްޓޭޑިއަމްގައި ކުޅުނު މި ސީރީސްގެ ހަތަރު ވަނަ މެޗު އިންގްލޭންޑްއިން ކާމިޔާބުކޮށްފައިވަނީ 6 ލަނޑުންނެވެ. އެ ޓީމުން ވަނީ މީގެ ކުރިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްފައެވެ. އެގޮތުން ފުރަތަމަ މެޗު އިންގްލޭންޑްއިން ކާމިޔާބުކުރީ ހަތް ވިކެޓުންނެވެ. ދެވަނަ މެޗުގެ ކުޅުން ވާރޭވެހުމުގެ ސަބަބުން ހުއްޓާލިއެވެ. އަދި ތިންވަނަ މެޗު އެ ޓީމުން ކާމިޔާބު ކުރީ 124 ލަނޑުންނެވެ.

ހަތަރުވަނަ މެޗުގައި ޓޮސް ދިމާވެގެން ކުޅެންއަރާ އިންގްލޭންޑްއިން ވަނީ 35 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން 258 ލަނޑު ހަދާ ފަސް ވިކެޓް ނަގާފައެވެ. މި އިނިންގްސްގައި އެ ޓީމުގެ ފަރާތުން   އެންމެ ރަނގަޅަށް ބެޓްކުރީ 66 ބޯޅައިން 84 ލަނޑު ހެދި ޖޭސަން ރޯއިއެވެ. އޭނާގެ ފަހަތުން ދެން އެންމެ ރަނގަޅަށް ބެޓްކުރީ 25 ބޯޅައިން 48 ލަނޑު ހެދި މުއީން އަލީއެވެ.

ޖަވާބުގައި ކުޅެންއަރާ ވެސްޓް އިންޑީސްއިން ވަނީ 50 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 356 ލަނޑު ހަދާ ފަސް ވިކެޓް ނަގާފައެވެ. މި އިނިންގްސްގައި އެ ޓީމުގެ ފަރާތުން އެންމެ ރަނގަޅަށް ބެޓްކުރީ 130 ބޯޅައިން 176 ލަނޑު ހެދި އެވިން ލުއިސްއެވެ. އޭނާގެ ފަހަތުން ދެން އެންމެ ރަނގަޅަށް ބެޓްކުރީ 62 ބޯޅައިން 77 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން ޖޭސަން ހޯލްޑާއެވެ.

މި މެޗުގައި ވެސްޓް އިންޑީސްއިން ހެދި 365 ލަނޑަކީ އެ ޓީމުން މިހާތަނަށް އިންގްލޭންޑާ ދެކޮޅަށް ހެދި އެންމެ ގިނަ ލަނޑުގެ އަދަދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް