ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ލޮނުޒިޔާރަތް މަގުގައި އޮތް ކާރެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔރ އެންޑް ރެސްކިއު ސަރވިސްއަށް ލިބިފައިވަނީ ފަތިހު 03.35 ހާއިރު ކަމަށާއި ފަޔަރ ފައިޓަރުންގެ ޓީމެއް އަލިފާން ނިއްވާ ސާމާނާއިއެކު އެސަރަހައްދަށް ގޮސް ކާރުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާގައި މީހަކަށް އަނިޔާ ލިބިފައި ނުވާއިރު، އަލިފާން ރޯވި ކާރުގެ އިތުރުން އެސަރަހައްދުގައި ޕާރކުކޮށްފައިއޮތް ކުޑަ ޕިކަޕަކަށް އަލިފާނުގެ އަސަރުކޮށް ގެއްލުންތައް ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ މިހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންދާއިރު ކާރުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.