އެމެރިކާގެ ފްލޮރިޑާގައި މީހެއްގެ ބަނޑުގައި ދަތް އެޅި ކުޑަ މިޔަރެއް އެ މީހާ ލޯންޗަށް އެރުމުން ވެސް ދޫކޮށް ނުލައި ހިފަހައްޓައިފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ފްލޮރިޑާގެ މަރތޮން އައްސޭރި ފަށުގައި ހިނގި މި ހާދިސާގައި ތިން ފޫޓެއްހާ ކުޑަ މިޔަރެއް މީހެއްގެ ބަނޑުގައި ދަތް އެޅުމުން އޭނާ ލޯންޗަށް އަރައެވެ. އަދި ލޯންޗުގައި އުއްޑުން އޮށޯވެލުމުން މިޔަރު ނައްޓާލުމަށް އޭނާގެ އެކުވެރިން މަސައްކަތްކުރެއެވެ. ނަމަވެސް މިޔަރު ނައްޓުވާލެވިފައެއް ނުވެއެވެ.
މިޔަރު ނައްޓުވާލީ ވަޅިއަކުން އޭގެ ބަނޑާއި ކަރު ފަޅާލައިގެންނެވެ. ފުރަމަ ދަތް އެޅިތަނުން ނައްޓާޅުމާ އެކު އަލުން އަރިމަތިން އެހެން ތަނެއްގައި އޭތި ދަތް އެޅިއެވެ. ނަމަވެސް މާ ގިނައިރެއް ނުވެ އޭތި ނައްޓާލިއެވެ.
އެ އެރްވިން މެކާޓީ ނަމަކަށް ކިޔާ މި މީހާގެ ބަނޑުގެ ދެ ތަނެއް ޒަހަމްވެފައި ވިޔަސް މާ ބޮޑު ގެއްލުންތަކެއް ފެއެއް ނުވެއެވެ.