ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 19:38
ރާއްޖޭގެ 19 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ކްރިކެޓް ޓީމު ކުރިޔަށްގެންދިޔަ ފަރިތަކުރުމުގެ ތެރެއިން
ރާއްޖޭގެ 19 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ކްރިކެޓް ޓީމު ކުރިޔަށްގެންދިޔަ ފަރިތަކުރުމުގެ ތެރެއިން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
އޭސީސީ ކްރިކެޓް މުބާރާތް
އޭސީސީ 19 އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގައި ރާއްޖެ ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފި
ރާއްޖެއާ އެކު އެއް ގްރޫޕެއްގައި ހިމެނެނީ ކުވައިތު، ގަތަރު އަދި އީރާން
މުބާރާތް ކުރިޔަށްދާނީ 11 އޮކްޓޫބަރުން ފެށިގެން ކުވައިތުގައި

އޭސީސީ 19 އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގައި ރާއްޖެ ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފި އެވެ.

އަންނަ އޮކްޓޫބަރު މަހުގެ 11 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުވައިތުގައި ކުރިޔަށްދާ މުބާރާތުގައި ރާއްޖެއާ އެކު ދެން އެއް ގްރޫޕެއްގައި ހިމެނެނީ އީރާން، ކުވައިތު އަދި ގަތަރެވެ.  

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ޔޫއޭއީ، އޮމާން އަދި ބަހުރޭންއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި 13 އޮކްޓޫބަރުގައި އިރާންއާ ދެކޮޅަށް ރާއްޖެ ނިކުންނައިރު، ދެވަނަ މެޗުގައި 15 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ގަތަރާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ ނިކުންނާނީ 16 އޮކްޓޫބަރުގައި ކުވައިތާ ދެކޮޅަށެވެ.

މުބާރާތުގެ ސެމީގެ މެޗުތައް 18 އޮކްޓޫބަރުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 20 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް