ވޮލީބޯޅް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފައިނަލަށް މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ސީލައިފް ސްޕޯޓްސް ކްލަބް ދަތުރުކޮށްފިއެވެ.
އަންގާރަ ދުވަހު ހަވީރު ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުން ސިފައިން މޮޅުވީ ޕޮލިހާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ސިފައިން ގެންދިޔައީ 20-25، 25-15 އަދި 20-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ އާދަމް ނަސީމްއެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ސީލައިފް މޮޅުވީ މޯލްޑިވިއަންއާ ވާދަކޮށް ތިން ސެޓް އެއް ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓް 24-26 އިން މޯލްޑިވިއަން ގެންދިޔައިރު، ފަހަތުން އަރާ ޖެހިގެން އައި ތިން ސެޓް ސީލައިފް އިން ވަނީ ކާމިޔާބުކޮށް މެޗު ކާމިޔާބުކޮށްފައެވެ. ސީލައިފް އިން ސެޓްތައް ގެންދިޔައީ 13-25، 15-25 އަދި 11-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސީލައިފްގެ އިޝާން މުހައްމަދު އެވެ.
މި ނަތީޖާއާއެކު ގްރޫޕްގެ އެއްވަނަ ސީލައިފް އަށް ލިބުނުއިރު، ދެވަނަ ލިބުނީ މޯލްޑިވިއަން އަށެވެ. އަދި ތިންވަނަ ސިފައިންނަށް ލިބުނުއިރު، ހަތަރުވަނަ ލިބުނީ ޕޮލިހަށެވެ. އެގޮތުން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މޯލްޑިވިއަން އަދި ސީލައިފްއެވެ. ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ސިފައިން އަދި ޕޮލިހެވެ.
މުބާރާތުގެ ތިންވަނަ ހޮވާ މެޗު ބުދަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެ ރެއެވެ.