ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 10:53
ނިއުޓަންގެ ޕޯސްޓަރ
ނިއުޓަންގެ ޕޯސްޓަރ
ގެޓީ އިމޭޖަސް
ނިއުޓަން
"ނިއުޓަން" އަށް ލިބޭ ތަރުހީބު އިތުރުވަނީ
މި ފިލްމަށް މިހާރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.90 ކުރޯޑް ރުޕީސް

މިދިޔަ ހުކުރު ދުވަހު ސިނަމާތަކަށް އައި "ނިއުޓަން" އަށް ލިބޭ ތަރުހީބު އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރު ވަމުންނެވެ.

"ނިއުޓަން" ރިލީޒް ކޮށްފައި ވަނީ "ބޫމީ" އަދި "ހަސީނާ" ރިލީޒް ކުރުމާއި އެކީގައެވެ. އެހެން ނަމަވެސް "ނިއުޓަން" ވަނީ އެ ދެ ފިލްމަށް ވުރެ ކުރިއަށް ޖައްސާލާފައެވެ.

"ނިއުޓަން" ރިލީޒް ވުމުގެ ކުރިން އެ ފިލްމަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެގޮތުން އެ ފިލްމު ފްލޮޕްވާނެ ކަމަށް ބުނެ ވަނީ ފާޑުކިޔުންތެރިން ފާޑު ކިޔާފައެވެ. އެހެން ނަމަވެސް ފާޑު ކިޔުންތަކާއި

ހެދި ފިލްމު ފްލޮޕް ނުވެ ކާމިޔާބު ލިބެމުން ދަނީ ފިލްމުގެ ވާހަކައިގެ މޮޅު ކަމުން ކަމަށް ފިލްމު ބެލި ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި މިފިލްމުގައި ރާޖްކުމާރުގެ މޮޅު އެކްޓިން ފެނުމުން މި ފިލްމަށް ބެލުންތެރިން ޝައުގުވެރިކަން ދިޔައީ ބޮޑުވެގެންނެވެ.

ބޮލީވުޑްގެ ތަރިންވެސް ވަނީ މި ފިލްމުގެ މޮޅު ވާހަކަ ދައްކާފައެވެ. އެފަރާތްތަކުން މި ފިލްމަށް ތައުރީފު އޮއްސަމުންދާއިރުގައި މި ފިލްމަށް މިހާރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.90 ކުރޯޑް އިންޑިއަން ރުޕީސްއެވެ.

"ނިއުޓަން" އަކީ އިންޑިއާގެ ރަށްފުށު ހިސާބެއްގައި އަމާން އޮމާން  ކަމާއެކު އިންތިހާބެއް ބޭއްވުމަށް ދާ އޮފިޝަލަކަށް ދިމާވާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.

"ނިއުޓަން" ވަނީ އޮސްކާ އެވޯޑް ހަފްލާގައި ދައްކާލާ ހިންދީ ފިލްމުގެ ގޮތުގައި ނޮމިނޭޓްވެސް ވެފައެވެ.

- ކޮމެންޓް