ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 10:13
ބިޔޯންސޭއާއި އޭނާގެ ފިރިމީހާ ޖޭޒީ
ބިޔޯންސޭއާއި އޭނާގެ ފިރިމީހާ ޖޭޒީ
ޓްވިޓަރ
ބިޔޯންސޭ
ބިޔޯންސޭ އަނެއްކާ ވެސް ގެއެއް ގަނެފި
ގެ ގަނެފައިވަނީ 26 މިލިއަން ޑޮލަރަށް

އިނގިރޭސި ލަވަ ކިޔުންތެރިޔާ  ބިޔޯންސޭ  އާއި އޭނާގެ ފިރިމީހާ ޖޭޒީ އަނެއްކާ ވެސް ގެއެއް ގަނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބިޔޯންސޭއާއި ޖޭޒީ ގަނެފައި ވަނީ އެމެރިކާގެ ނިއުޔޯކްގެ ރަށެއް ކަމަށްވާ ހަމްޓަން އިންނެވެ.  އެދެމީހުން އެ ގެ ގަނެފައިވަނީ 26 މިލިއަން ޑޮލަރަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވެސް ބިޔޯންސޭއާއި ޖޭޒީ ވަނީ 88 މިލިއަން ޑޮލަރަށް ގަނެފައެވެ.

ބިޔޯންސޭ މީގެ ކުރިން އުޅެފައި ވަނީ އެމެރިކާގެ ލޮސް އެންޖަލްސްގައެވެ. އަދި އޭގެ ފަހުން 2015 ވަނަ އަހަރު ނިއުޔޯކަށް ވަނީ ބަދަލުވެފައެވެ.

ޔޯންސޭއަށް މިދިޔަ ޖޫންމަހުގެ ތެރޭގައި ވަނީ އެއްމާބަނޑު ދެ ކުދިން ލިބިފައެވެ. އެއީ ސާރ އަދި ރޫމީއެވެ. އަދި މީގެ އިތުރުންބިޔޯންސޭއަށް ވަނީ 5 އަހަރު ކުރިން އަންހެން ދަރިއަކު ލިބިފައެވެ.

ބިޔޯންސޭއާއި ޖޭޒީ ލޯބީގެ ގޮތުން ގުޅިފައިވަނީ 1999 ވަނަ އަހަރުގައެވެ. އޭގެ ނުވަ އަހަރު ފަހުން 2008 ގައި މި ދެތަރިން ވަނީ ކައިވެނި ކޮށްފައެވެ.

- ކޮމެންޓް