ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 17:41
ރައީސް މުގާބޭ
ރައީސް މުގާބޭ
ޓްވިޓަރ
ރައީސް މުގާބޭ
ރައީސް މުގާބޭގެ ވެރިކަމާ ވައްތަރީ ކޮންވެރިކަމެއް؟
މުގާބޭ ވަނީ އެގައުމުގައި މުޒާހަރާ ކުރުން މުޅިން މަނާކޮށްފައި
އާއިލާގެ އުފަލަށް ދައުލަތުގެ ފައިސާ ހަރަދު ކުރޭ
އިދިކޮޅު ކޯލިޝަނުގައި ބުގާބޭގެ ކުރީގެ ނައިބު ރައީސް

 

އެފްރިކާގެ ގައުމެއް ކަމުގައިވާ ޒިމްބާބުވޭ އޭ ބުނުމުން ދުނިޔޭގެ ގިނަ މީހުންނަށް ސިފަކުރެވޭނީ ވެރިކަމުގައި 37 އަހަރު ހޭދަކުރައްވާ ރޮބަޓް ބުގާބޭގެ އަމިއްލަފުޅު އުފަލަށް މުޅިދައުލަތް ބޭނުންފުޅު ކުރައްވާ ގައުމެއްގެ ގޮތުގައެވެ. އެގައުމުގައި ރައްޔިތުންނަކީ ބައެއް ނޫނެވެ.  ވެރިކަމުގައި ހުންނެވީ ރައްޔިތުންދައްކާ ވާހަކަތައް އަޑުއައްސަވާ ބޭފުޅެއް ނޫނެވެ. 

މުގާބޭގެ އުމުރުފުޅުން 92 އަހަރު ވެއްޖެއެވެ. އަދި އެހާ ގިނަ ދުވަހު ވެރިކަމުގައި ހުންނެވިޔަސް ވެރިކަން ދޫކޮށްލެއްވުމުގެ ވިސްނުންފުޅެއް ވެސް ނެތެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނު ވާދަ ކުރައްވާނެ ކަމަށާއި، އިންތިހާބުގެ ކުރިން އަވަހާރަވެއްޖެ ނަމަ ހަށިކޮޅު ފެންނަން އޮތަސް ރައްޔިތުން އެމަނިކުފާނަށް ވޯޓުދީގެން ރައީސްކަމަށް އިނތިހާބު ކުރާނެ ކަމަށް ވިދާޅުވެ  " މޮޔަ" ވާހަކަފުޅުތައް ގިނައިން މިހާރު ދައްކަވާ އުޅުއްވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ. 

ދާދިފަހުން ގައުމުން ބޭރުގައި ވަރަށް ގިނަ ދުވަހު އުޅުއްވުމުން އެމަނިކުފާނު އަވަހާރަވެއްޖެ ކަމުގެ ވާހަކަތައް އެގައުމުގައި ފެތުރުނެވެ. އެހެން ނަމަވެސް އެނބުރި ގައުމަށް ވަޑައިގެން އެ އުމުރުފުޅުގައި ވެސް އިދިކޮޅުފަރާތްތަކާ ޖަދަލު ކުރެއްވުން އިތުރު ކުރެއްވީއެވެ. އަވަހާރަ ވުމަށް ފަހު އަލުން " ދިރުނީ" ކަމަށް ވެސް ވިދާޅުވެ މުޅިދުނިޔޭގެ ކުރިމަތީގައި ދެކޮޅު ނުޖެހޭ ވާހަކަތައް ދައްކަވާ ދުނިޔޭގެ ވެރިޔެއްގެ ލަގަބު ހޯއްދެވިއެވެ. 

ގައުމުގެ އިގްތިސާދީ ހާލަތު މުޅިން ފުނޑުފުޑުވެ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެހެން ނަމަވެސް މުގާބޭގެ އުފަން ދުވަސް ފާހަގަ ކުރެއްވުމަށާއި، އަމިއްލަފުޅު އާއިލާގެ ބޭފުޅުންގެ ހިތްޕުޅަށް ހިތްހަމަޖެހުން ގެއްނެވުމަށް ކުރައްވަންޖެހޭ އެންމެހާ ކަންކަން ދައުލަތުގެ ބަޖެޓުން ކުރެވޭނެ އިންތިޒާމް ނުހަނު ފުރިހަމައަށް އިންތިޒާމު ކޮށްފައިވެއެވެ. ކޮރަޕްޝަން އިންތިހާއަށް އިތުރުވެގެން ދިޔަޔަސް ފަރުވާލެއް ނުބަހައްޓަވައެވެ. ގައުމުގެ އެތެރޭގެ ކަންކަމާ ނުބެހުމަށް އަމުރު ކުރެއްވުމަށް ފަހު އެމަނިކުފާނު ވަޑައިގަންނަވަނީ ކުރިޔަށެވެ. 

ގައުމުގެ އުފެއްދުންތެރިކަން ދަށްވެ  އިގްތިސާދީ ކުރިއެރުން މުޅިން ހުއްޓިގެން ދިޔަ ކަމަށް ބައިނަލްއަގްވާމީ މުޖުތަމައުން ބުންޏަސް އެކަން ވެސް ގަބޫލެއް ނުކުރައްވައެވެ. އެޔަށް ރައްދު ދެއްވުމަށް އެގައުމުގައި އިމާރާތްކޮށްފައިވާ ސްކޫލު މަދަރުސާތަކާއި، އޮފީސްތަކުގެ ލިސްޓް ވިދާޅުވެފައިވާ އެއީ ގައުމަށް އައި ތަރައްގީ ކަމަށް ވިދާޅުވެއެވެ. 

ގައުމުގައި ހަރަކާތްތެރިވާ އިދިކޮޅު ފަރާތްތަކުގެ ހަރަކާތް މުޅިން ހުއްޓުމަކަށް ގެނައުމަށް މުޒާހަރާ ކުރުން މުޅިން މަނާކުރިއެވެ. މުޒާހަރާތައް ހުއްޓުވުމަށް ކޯޓުތަކުން އަމުރު ނެރުން ހުއްޓާލުމުން ކޯޓުތަކަކީ ހަމަނުޖެހުން ހިންގަން ހިތްވަރުދޭ ތަންތަން ގޮތުގައި ފާހަގަކޮށް ފަނޑިޔާރުންނަށް ބިރުދެއްކުން އިތުރުކުރިއެވެ.  މުގާބޭގެ ބަސް ގަބޫލު ނުކުރާތީ ޖިނާއީ ދައުވާތައް ކުރައްވަން ހުންނެވި ޗީފް ޕޮރޮސެކިއުޓަރ ޖެނެރަލް މަގާމުން ވަކިކުރެއްވީ ނުފޫޒު ބޭނުން ކުރައްވައިގެންނެވެ. 

އެގައުމުގައި މިހާރު ވަނީ މުގާބޭއާ ދެކޮޅަށް އިދިކޮޅު ފަރާތްތައް ގުޅިގެން ކޯލިޝަނެއް އެކުަލަވާލައިފައެވެ. އެކޯލިޝަނުގައި ނަގާ ކިޔަނީ ރައީސް މުގާބޭގެ ސަރުކާރާ އެކު  ކޯލިޝަނެެއް ހައްދަވައިގެން  ކުރިން ބޮޑުވަޒީރުކަން ކުރެއްވި މޯގަން ސްވަންގިރާއީ އާއި ކުރިން މުގާބޭގެ ނައިބު ރައީސް ކަމުގައި ހުއްޓާ މަގާމުން ވަކިކުރެއްވި ޖޮއިސް މުޖުރޫއެވެ. 

މަތީގައި މިދެންނެވުނު ވާހަކަތަކަށް ވިސްނަވާށެވެ. މިއީ ޚުދުމުހްތާރު ވެރިކަމެއް ކުރައްވާ ވެރިޔެއްގެ ކަންކަން ހުރި ގޮތެވެ. އެގައުމުގައި ރައްޔިތުންނަކީ ބައެއް ނޫނެވެ. އަދި ރައްޔިތަކަށް ލިބިފައިވާ ބާރަކީ ވެސް އޮތް އެއްޗެއް ނޫނެވެ. 

ދެން އޮތީ މިރާއްޖޭގެ ވާހަކައެވެ. އެއްވެއުޅުމުގެ މިނިވަންކަން ހަނިކޮށްފިއެވެ. ސަރުކާރުގައި އޮތް ކޮރަޕްޝަން އިންތިހާއެވެ. ސަރުކާރުގެ ނުފޫޒުގައި އިދިކޮޅުފަރާތްތަކުގެ ހަރަކާތް ހުއްޓުމަކަށް ގެނައުމަށް އެތައް މަސައްކަތެއް ފަށައިފިއެވެ. ގައުމުން ބޭރުގައި ހުންނެވި ލީޑަރަކަށް ގައުމަށް ވަޑައިގަތުމަކަށް މިނިވަން ފުރުސަތެއް ނެތެވެ. ވަޑައިގެންފި ނަމަ ޖެހިވަޑައިގަންނަވާނީ ޖަލުގައި އޮންނަވާށެވެ. ގައުމުގައި ތިބި ސިޔާސީ އެތައް ބޭފުޅުންނެއް ޖަލުގައެވެ.  ނައިބު ރައީސްކަމުގެ މަގާމު އަދާކުރެއްވި އެއްބޭފުޅަކު ޖަލުގައެވެ. އަނެއް ބޭފުޅަކު އިދިކޮޅު ފަރާތްތަކާ އެކު ކުރީ ސަފުގައެވެ.

ގައުމުގައި ހިނގާ ކަންކަމާ މެދު ވެރިމީހާ ދައްކަވާ ވާހަކަފުޅުގެ ދެކޮޅު ނުޖެހޭ ކަންކަން އިދިކޮޅުފަރާތްތަކުން ގޮވާ ނަގަނީއެވެ.  އިންސާފު ލިބުމުގައި ހަމަހަމަކަން ނެތްނަމަ ގައުމު ފުނޑުފުނޑުވެގެން ދާނެ ކަމުގެ ބިރަށް ވަކީލުން ނިކުމެ "ތުސްތޫރީ ފަސާނާ" ގެ ނަމުގައި ހަރަކާތްތަކެއް ހިންގަން ފަށައިފިއެވެ. އިދިކޮޅު ފަރާތަކުން ބުނާ ގޮތުގައި ރައްޔިތުންގެ މަޖިލީހެކޭ ދަތްނެތް ސިންގާއެކޭ އެކޭ ތަފާތެއް ނެތެވެ. މިނިވަން އިންސާފުވެރި އިންތިހާބެއް އިއުލާން ވެސް ނުކުރަނީސް ވެރިމީހާ ހުންނެވީ ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް ނިކުންނަވައިގެންނެވެ. 

ދެން އޮތީ އެންމެ ވާހަކައެކެވެ. ޕީޕީއެމް ޕީޖީލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އެމްޑީޕީވެރިކަމެއްގައި އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި " އޭޝޔާގެ ބުގާބޭ" ކަމަށް ވިދާޅުވި ވިދާޅުވުމާއި، މިހާރު ވެރިކަން ކުރައްވާ އުސޫލަށް ބަލާއިރު ރައީސް މުގާބޭގެ ވެރިކަމުގެ ސިފަ ބޮޑަށް ވައްތަރީ ކޮންބޭފުޅެއްގެ ވެރިކަމާތޯ ރައްޔިތުން ކަނޑައަޅަންވީ ވަގުތު ޖެހިއްޖެ ކަމަށް ބުނަން އޮތް ވާހަކައެވެ. 

 

 

 

 

 

 

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
30 ސެޕްޓެންބަރ 2017 | ހޮނިހިރު 12:56
ސޯލާ
ކަލޭމެންގެ ވެރިމީހާވެސް ވެރިކަންކުރީ މުގާބޭ ވެރިކަންކުރާ ގޮތަށް. މިހާރު ހުރި ވެރިމީހާވެސް ވެރިކަންކުރަނީ ހަމައެގޮތަށް. ކަލޭމެންގެ ވެރިމީހާއަކީ އުމުރަށް ޖަލުގައި ހުންނަންޖެހޭ މީހެއް. އަދި އެންމެ މައްސަލައެއްގައި އޭނާގެ މައްޗަށް ހުކުމް ކޮށްފައި އެވަނީ. އެކަހަލަ ކިތަންމެ މައްސަލައެއް އެބަހުރި އޭނާގެ މައްޗަށް ދަޢުވާކުރަންޖެހޭ. ކަލޭމެން ތިޔަ ވާހަކަ ދައްކާކަށް ރީއްޗެއް ނޫން
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 02:37
ރައްޔިތުންގެ
ހަމަމުގާބޭގެ ވެރިކަމާ ވައްތަރީ
27 ސެޕްޓެންބަރ 2017 | ބުދަ 21:00
ޒާހިރު
އަޅުގަނޑު ވަރަށްކެރިގެން ހުތެ ބުނެލާނީ މިލޮބުވެތި ގައުމު ހަލާކު ކުރަނީ ރާޢްޖެ ޓީވީ އެވެ. މިކަން ކްން ހުއްޓާލުމަށް ގޮވާލަން. ފަހުން އންނަން ޢޮއް ދުވަހަށް ޥިސްނާލުމަށް އެދެން ޝުކުރިއްޔާ