ޔުއެފާ ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އަދި މެންޗެސްޓާ ސިޓީ މޮޅުވިއިރު، ލިވަޕޫލް އެއްވަރުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ އެޕޮއެލްއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.
އެޕޮއެލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ ޓޮޓެންހަމް އެވެ. އެގޮތުން 39 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ.
މި ލަނޑަށްފަހުވެސް ޓޮޓެންހަމް އިން ދިޔައީ އެޕޮއެލްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދަމުންނެވެ. ފުރަތަމަ ހާފްގައި އެޕޮއެލްގެ ފަރާތުން ވަނީ މޮޅު ޑިފެންސެއް ފެނިގެންގޮސްފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އެޕޮއެލްގެ މައްޗަށް ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.
A first @ChampionsLeague hat-trick for @HKane! #OneOfOurOwn pic.twitter.com/vSXjV7LJas
— Tottenham Hotspur (@SpursOfficial) September 26, 2017
ދެވަނަ ހާފް ފެށިގެންވެސް ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ޓޮޓެންހަމްއެވެ. އެގޮތުން އެޓީމުންދިޔައީ އެޕޮއެލްގެ ގޯލަށް ނުރައްކާކޮށް ހަމަލާތަކެއް އުފައްދަމުންނެވެ.
ޓޮޓެންހަމް އިން ލީޑު ފުޅާކުރީ 62 ވަނަ މިނެޓުގައި ކޭން ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ފަސް މިނެޓު ފަހުން ކޭން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ލަނޑުގެ ތަފާތުން ގްރޫޕް އެޗްގެ ދެވަނައިގައެވެ. އެޕޮއެލް ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ.
— Manchester City (@ManCity) September 26, 2017
އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ ޝަހްތަރް ޑޮނެސްކްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.
ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފްގައި ބޯޅަ ކޮންޓްރޯލްކޮށް، ހަމަލާތައް އުފައްދަން މަސައްކަތްކޮށްފައިވަނީ ސިޓީންނެވެ.
އެގޮތުން ފުރަތަމަ ހާފްގައި ސިޓީ އަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފްގައި ޝަހްތަރް ޑޮނެސްކް އިން ވަނީ ސިޓީ ހިފަހައްޓާ މޮޅު ޑިފެންސެއްކޮށްފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
Job done...
— Manchester City (@ManCity) September 26, 2017
HIGHLIGHTS: https://t.co/UBiWV4TOV0 #cityvfcsd pic.twitter.com/gsidB0KLgU
ދެވަނަ ހާފް ފެށިގެން ތިންވަނަ މިނެޓުގައި ސިޓީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެވިން ޑިބްރޭނާއެވެ. މި ލަނޑަށްފަހުވެސް އެޓީމުންދިޔައީ ޝަހްތަރް ޑޮނެސްކްގެ ގޯލަށް ނުރައްކާކުރަމުންނެވެ.
މެޗު ނިމުމުގެ ކުރިން ސިޓީން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 90 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ.
މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން ބަލިވި ޝަހްތަރް ޑޮނެސްކް އޮތީ ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ލިވަޕޫލް އެއްވަރުވީ ސްޕާޓަކް މޮސްކޯއާ ވާދަކޮށް 1-1 ގެ ނަތީޖާއަކުންނެވެ.
Up to his usual tricks. pic.twitter.com/MNxXtj3S8Y
— Liverpool FC (@LFC) September 26, 2017
މޮސްކޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 23 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފެނާންޑޯ އެވެ.
މި ލަނޑަށްފަހުވެސް އެޓީމުންދިޔައީ ލިވަޕޫލްގެ ހާފަށް ބާރުބޮޑުކުރަމުންނެވެ. އެހެންނަމަވެސް 31 ވަނަ މިނެޓުގައި ލިވަޕޫލް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފިލިޕޭ ކުޓީނިއޯ އެވެ.
ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލިވަޕޫލް އިން ވަނީ ނުރައްކާތެރި ގިނަ ހަމާލާތަކެއް އުފައްދާފައެވެ.
އެހެންނަމަވެސް ޝަހްތަރް ޑޮނެސްކް އިން ވަނީ މޮޅު ޑިފެންސެއްކޮށް، ލިވަޕޫލްގެ ހަމަލާތައް ދިފާއުކޮށްފައެވެ.