ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 18:12
މި މެޗުގައި ސެންޗަރީއެއް ފުރިހަމަކުރި މުއީން އަލީ
މި މެޗުގައި ސެންޗަރީއެއް ފުރިހަމަކުރި މުއީން އަލީ
ގޫގުލް
ކްރިކެޓް
އިންގްލޭންޑުން ތިންވަން އޯޑީއައި ވެސް ކާމިޔާބުކޮށްފި
މި މެޗު އިންގްލޭންޑްއިން ކާމިޔާބު ކޮށްފައިވަނީ 124 ލަނޑުން
އިންގްލޭންޑްއިން ވަނީ 50 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން 369 ލަނޑު ހަދާފަ
ވެސްޓް އިންޑީސްއިން ވަނީ 40 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 245 ލަނޑު ހަދާފަ

އިންގްލޭންޑާއި ވެސްޓް އިންޑީސްއާ ދެމެދު ކުރިޔަށްދާ ފަސް މެޗުގެ އޯޑީއައި ސީރީސްގައި ކުޅުނު ތިންވަނަ މެޗުވެސް އިންގްލޭންޑްއިން ކާމިޔަބުކޮށްފިއެވެ.

ބްރިސްޓޮލްގައި ހުންނަ "ދަ ބްރައިޓްސައިޑް ގްރައުންޑް" ގައި ކުޅުނު މި މެޗު އިންގްލޭންޑްއިން ކާމިޔާބު ކޮށްފައިވަނީ 124 ލަނޑުންނެވެ.

މެޗުގައި ޓޮސް ދިމާވެގެން ކުޅެން އަރާ އިންގްލޭންޑްއިން ވަނީ 50 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން 369 ލަނޑު ހަދާފައެވެ. އަދި މި އިނިންގްސްގައި އެ ޓީމުންވަނީ 9 ވިކެޓް ނަގާފައެވެ. އިންގްލޭންޑްއިން މި އިނިންގްސްގައި އެންމެ ރަނގަޅަށް ބެޓް ކުރީ 57 ބޯޅައިން 102 ލަނޑު ހެދި މުއީން އަލީއެވެ. އަދި އޭނާގެ ފަހަތުން ދެން އެންމެ ރަނގަޅަށް ބެޓް ކުރީ 79 ބޯޅައިން 84 ލަނޑު ހެދި ޖޯ ރޫޓްއެވެ.

ޖަވާބުގައި ކުޅެން އަރާ ވެސްޓް އިންޑީސްއިން ވަނީ 40 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 245 ލަނޑު ހަދާފައެވެ. ވެސްޓް އިންޑީސްއިން މި އިނިންގްސްގައި އެންމެ ރަނގަޅަށް ބެޓް ކުރީ 78 ބޯޅައިން 94 ލަނޑު ހެދި ޑްވައިޓް ގޭލްއެވެ. އޭނާގެ ފަހަތުން ދެން އެންމެ ރަނގަޅަށް ބެޓް ކުރީ 53 ބޯޅައިން 38 ލަނޑު ހެދި ޖޭސަން މުހައްމަދުއެވެ.

ވެސްޓް އިންޑީސްވަނީ މި ސީރީސްގައި ކުޅުނު ފުރަތަމަ މެޗުން  ބަލިވެފައިވާއިރު ވާރޭ ވެހުމުގެ ސަބަބުން ދެވަނަ މެޗު ވަނީ ނުކުޅެ ހުއްޓާލާފައެވެ.

ވެސްޓް އިންޑީސް މި އޯޑީއައިގެ ފުރަތަމަ މެޗުން ބަލިވުމާއެކު 2019 ވަނަ އަހަރު އޮންނަ އައިސީސީ ކްރިކެޓް ވާރލްޑްކަޕަށް ކޮލިފައިވުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. އެގޮތުން ކްރިކެޓްގެ ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދި ވެސްޓް އިންޑީސްއަށް 78 ޕޮއިންޓް ލިބިފައިވީ ނަމަވެސް މި މެޗުން ބަލިވުމާއެކު އެ ޓީމަށް އޮޓަމެޓިކް ކޮލިފިކޭޝަންގެ ޖާގަ ވަނީ ގެއްލިފައެވެ. ވެސްޓް އިންޑީސްގެ ބަދަލުގައި މި ޖާގަ ލިބިފައިވަނީ ސްރީ ލަންކާއަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް