ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 14:16
ސެކިޔުރިޓީ ކައުންސިލް ބައްދަލުވުން އޮންނާނީ ބުރާސްފަތި ދުވަހު
ސެކިޔުރިޓީ ކައުންސިލް ބައްދަލުވުން އޮންނާނީ ބުރާސްފަތި ދުވަހު
ގޫގުލް
ރޮހިންޖާ މުސްލިމުން
މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު މަޝްވަރާ ކުރުުމަށް ސެކިޔުރިޓީ ކައުންސިލް އެއްވަނީ
400،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ވަނީ ހިޖުރަކޮށްފައި


 

މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު މަޝްވަރާ ކުރުުމަށް އދ ގެ ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމެއް މިއަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފިއެވެ. 

ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް މިޔަންމާގެ ހަމަނުޖެހުންތަކާ މެދު ބްރީފިންއެއްވެސް ދެއްވާނެއެވެ. 

މިޔަންމާގެ ހާލަތާމެދު ސެކިޔުރިޓީ ކައުންސިލުގެ ބައްދަލުވުމަކަށް ގޮވާލީ އިނގިރޭސި ވިލާތް، ފްރާންސް، އެމެރިކާ  އަދި އިތުރު ހަތަރު ގައުމެކެވެ. 

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ  މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާގެ އަސްކަރިއްޔާ އިން ފަށާފައިވާ  އޮޕަރޭޝަނާ ބެހޭގޮތުން އދ އިން ބުނެފައި ވަނީ "ނަސްލެއް ނައްތާލުމުގެ" އޮޕަރޭޝަނެއް ކަމަށެވެ. 

މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެ ސް މަހްރޫމް ކުރެވިފައިވާ ބައެކެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 400،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ.

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ.

 

 

 

 

 

- ކޮމެންޓް