ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 19:11
ޕަވެލް ނެޑްވިޑް
ޕަވެލް ނެޑްވިޑް
ގޫގުލް
ކުޅިވަރު
ނެޑްވިޑް އަލުން ކުޅުމުގެ ތެރެއަށް !
ޕަވެލް ނެޑްވިއެޑް ވަނީ 2003 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފަ

 

 ޗެކްރިޕަބްލިކްގެ ފުޓްބޯޅަ ލެޖެންޑް ޕަވެލް ނެޑްވިޑް  ޗެކްރިޕަބްލިކްގެ ކުލަބަކަށް ކުޅެން ސޮއި ކޮށްފި އެވެ.

ކުޅުން ހުއްޓާލިތާ 8 އަހަރު ފަހުން ޕަވެލް ނެޑްވިޑް އަލުން ކުޅުމުގެ ތެރެއަށް އައުމަށް ތައްޔާރުވެފައިވާއިރު، އޭނާ ސޮއިކޮށްފައި ވަނީ ޗެކްރިޕަބްލިކްގެ ޓީޖޭ ސްކަލްނާ ނަމަކަށް ކިޔާ ކުލަބަކަށެވެ. އަދި މި ކުލަބަކީ ނެޑްވިއޭޑްގެ ޔޫތު ކެރިއާގައި އޭނާ ކުޅުނު  ކުލަބުކަމަށް ވެއެވެ.https://ads.avas.mv/pixel/29 https://ads.avas.mv/pixel/29

އިޓަލީގެ ޔުވެންޓަސްގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރުމުގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށް ފަހު،  ނެޑްވިއެޑް ކުޅުން ހުއްޓާލީ 2009 ވަނަ އަހަރުގަ އެވެ.

ޔުވެންޓަސްގެ އެއް ނައިބު ރައީސްގެ މަގާމު ވެސް ފުރަމުން އަންނަ ނެޑްވިޑް ސްކަލްނާ އަށް ސޮއި ކޮށްފައިވަނީ ޔުވެންޓަސް އާއި ސްކަލްނާ އާ ދެމެދު ގިނަ މަޝްވަރާތަކެއް ވެސް ކުރުމަށް ފަހު އެވެ.

އަލުން ކުޅުމުގެ ތެރެއަށް އައުމަށް ކުރީގެ ކުލަބު ސްކަލްނާ އަށް ސޮއިކޮށްފައި ވީނަމަވެސް ނެޑްވިޑް އެކުލަބުން އަދި ފެންނާނެ ވަކި ދުވަހެއް ނޭންގޭ ކަމަށް ކުލަބުން ވަނީ ބުނެފައެވެ.

" ނެޑްވިޑް ޓީމާ ގުޅޭނެ ވަކި ދުވަހެއް އަދި ނޭންގެ. ލަފާކުރެވޭ ގޮތުގައި އޭނާ ޓީމާއި ގުޅޭނެ އޮކްޓޯބަރ މަހުގައި. ޔުވެންޓަސްގެ މަސްޢޫލިއްޔަތުތައް  އަދާކުރުމުގައި ނެޑްވިޑް އުޅެނީ ވަރަށް ބުރަކޮށް." ސްކަލްނާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޓީމާ ގުޅޭނެ ދުވަހެއް ބުނަން ނޭންގުނު ނަމަވެސް ނެޑްވިޑް  ވަނީ ސްކަލްނާއަށް ސޮއި ކޮށްފައެވެ. އެކަން ވަނީ ސްކަލްނާގެ ރަސްމީ ވެބްސައިޓުގައި ކަށަވަރު ކޮށްދީފައެވެ.

ޕަވެލް ނެޑްވިއެޑް ވަނީ 2003 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފަ އެވެ. އަދި މީގެ އިތުރުން ނެޑްވިޑް ވަނީ ޗެކްރިޕަބްލިކްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހަތަރު ފަހަރު ހޯދާފައެވެ.
ޗެކްރިޕަބްލިކްގެ ގައުމީ ޓީމަށް 91 މެޗު ކުޅެދީފައިވާ ނެޑްވިޑް ވަނީ ގައުމީޓީމަށް 18 ގޯލްވެސް ކާމިޔާބު ކޮށްދީފައެވެ.

 

- ކޮމެންޓް