މިހާރު ބޫޓާންގައި ކުރިޔަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުންވެސް ބަލިވެ، ރާއްޖެ ޕޮއިންޓް ތާވަލުގެ ފުލުގައި އޮވެ ނިންމާލައިފިއެވެ.
ހޯމަ ދުވަހު ހަވީރު ކުޅުނު މެޗުން އިންޑިއާ އަތުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފެށިގެން އިންޑިއާ އިން ފުލުފުލުގައި ހަމަލާތައް އުފެއްދި ނަމަވެސް ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރާއްޖެ އިންނެވެ. މި ލަނޑު 18 ވަނަ މިނެޓުގައި ރާއްޖެއަށް ކާމިޔާބު ކޮށްދިނީ އަހުމަދު ތޮލާލް އެވެ.
މި ލަނޑަށްފަހު އިންޑިއާ އިން ދިޔައީ ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް ގިނަކުރަމުންނެވެ. އެގޮތުން ރާއްޖޭ ޓީމު ވަނީ ފަހަތަށް ޖެހި މޮޅަށް ޑިފެންސްކޮށްފައެވެ. އެހެންނަމަވެސް 37 ވަނަ މިނެޓުގައި އިންޑިއާގެ ޕްރިންސެޓޮން ރެބެލޯ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މި ލަނޑަށް ފަހުވެސް އިންޑިއާ އިން ދިޔައީ ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. 37 ވަނަ މިނެޓުގައި އިންޑިއާގެ ޕްރިންސެޓޮން ރެބެލޯ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މި ލަނޑަށްފަހު ވެސް އިންޑިއާ އިން ދިޔައީ ރާއްޖޭގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން އަބީޝޭކް ހަލްދަރް ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.
ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ރާއްޖޭގެ މައްޗަށް އިންޑިއާ ކުރިހޯދައިގެންނެވެ.
ދެވަނަ ހާފް ފެށިގެންވެސް އިންޑިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުންދިޔައީ ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެހެންނަމަވެސް ދެވަނަ ހާފްގައި ރާއްޖޭ ޓީމުގެ ފަރާތުން ވަނީ މޮޅު ޑިފެންސެއް ފެނިގެންގޮސްފައެވެ.
މި ނަތީޖާއާއެކު އިންޑިއާ ވަނީ ހަ ޕޮއިންޓް ހަމަކޮށް ތާވަލުގެ ދެވަނަ ލަނޑުގެ ތަފާތުން ހޯދާފައެވެ. އެއްވަނައިގައި އިންޑިއާއާ އެއް އަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ބަންގްލަދޭޝް އޮތްއިރު، ތިންވަނައިގައި ލަނޑުގެ ތަފާތުން އޮތީ ބޫޓާނެވެ. ހަތަރުވަނައިގައި ތިން ޕޮއިންޓާއެކު ނޭޕާލް އޮތް އިރު، ފުލުގައި ރާއްޖެ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި މައިނަސް ހަ ގޯލާއެކުގައެވެ.