ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 12:09
އިންޑިއާގެ ކްރިކެޓް ޓީމުގެ ބައެއް ކުޅުންތެރިން
އިންޑިއާގެ ކްރިކެޓް ޓީމުގެ ބައެއް ކުޅުންތެރިން
ހިންދުސްތާނީ ޓައިމްސް
ކްރިކެޓް
ތިން މެޗު ވެސް ކާމިޔާބުކޮށް އިންޑިއާއިން ސީރީސް ކާމިޔާބުކޮށްފި
މި ސީރީސްގެ ދެވަނަ މެޗު އެ ޓީމުން ކާމިޔާބު ކުރީ 50 ލަނޑުން
މި ސީރީސް އިންޑިއާއިން ކާމިޔާބުކުރީ ތިންވަނަ އޯޑީއައިގައި ފަސް ވިކެޓުން އޮސްޓްރޭލިއާ ބަލިކޮށްގެން
މި މޮޅާއެކު އިންޑިއާއިން ވަނީ އޮސްޓްރޭލިއާ ފަހަތަށް ޖައްސާލުމަށްފަހު އައިސީސީ އޯޑީއައި ރޭންކިންގެ އެއްވަނައަށް ޖެހިލާފަ

އިންޑިއާއާއި އޮސްޓްރޭލިއާގެ ދެމެދުގައި ކުޅުނު އޯޑީއައި ސީރީސްގައި ތިން މެޗު ވެސް އިންޑިއާއިން ކާމިޔާބު ކޮށްފިއެވެ.

އިންޑިއާގެ ކޮލްކަޓާގައި ކުރިޔަށް ދިޔަ މި ސީރީސްގެ ދެވަނަ މެޗު އެ ޓީމުން ކާމިޔާބު ކުރީ 50 ލަނޑުންނެވެ. މި މެޗުގައި ޓޮސް ދިމާވެގެން ކުޅެން އަރައި އިންޑިއާއިން ވަނީ 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 252 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި އިންޑިއާއިން އެންމެ ރަނގަޅަށް ބެޓް ކުރީ 146 ބޯޅައިން 92 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން ވިރާތް ކޯލީއެވެ.

ޖަވާބުގައި ކުޅެން އަރާ އޮސްޓްރޭލިއާއަށް 43 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 202 ލަނޑެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާއިން އެންމެ ރަނގަޅަށް ބެޓް ކުރީ 97 ބޯޅައިން 62 ލަނޑު ހެދި މާކަސް ސްޓޮއީނިސްއެވެ.

މި ސީރީސް އިންޑިއާއިން ކާމިޔާބު ކުރީ ތިންވަނަ އޯޑީއައިގައި ފަސް ވިކެޓުން އޮސްޓްރޭލިއާ ބަލިކޮށްގެންނެވެ. ޓޮސް ދިމާވެގެން ކުޅެން އަރާ އޮސްޓްރޭލިއާއިން ވަނީ 50 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 293 ލަނޑު ހަދާ ހަ ވިކެޓް ނަގާފައެވެ. މި އިނިންގްސްގައި އެ ޓީމުން އެންމެ ރަނގަޅަށް ބެޓް ކުރީ 154 ބޯޅައިން 124 ލަނޑު ހެދި އާރޮން ފިންޗްއެވެ. ފިންޗްގެ ފަހަތުން ދެން އެންމެ ރަނގަޅަށް ބެޓް ކުރީ 111 ބޯޅައިން 63 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން ސްޓީވް ސްމިތްއެވެ.

ޖަވާބުގައި ކުޅެން އަރާ އިންޑިއާއިން ވަނީ 48 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 294 ލަނޑު ހަދާ ފަސް ވިކެޓް ނަގާފައެވެ. މި އިނިންގްސްގައި އެ ޓީމުން އެންމެ ރަނގަޅަށް ބެޓް ކުރީ 97 ބޯޅައިން 78 ލަނޑު ހެދި ހާޑިކް ޕަންޑްޔާއެވެ.  އޭނާގެ ފަހަތުން ދެން އެންމެ ގިނަ ލަނޑު އިންޑިއާއަށް ހަދައިދިން ކުޅުންތެރިޔަކީ 94 ބޯޅައިން 71 ލަނޑު ހެދި ރޯހިތް ޝަރްމާއެވެ.

މިއީ އޯޑީއައި އިންޓަނޭޝަނަލްއެއްގައި އިންޑިއާ އަތުން އޮސްޓްރޭލިއާ ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. މި މޮޅާއެކު އިންޑިއާއިން ވަނީ އޮސްޓްރޭލިއާ ފަހަތަށް ޖައްސާލުމަށް ފަހު އައިސީސީ އޯޑީއައި ރޭންކިންގެ އެއްވަނައަށް ޖެހިލާފައެވެ.

- ކޮމެންޓް