ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 10:59
މޯލްޑިވިއަން އަދި ސިފައިން ބައްދަލުކުރި މެޗުގެ ތެރެއިން
މޯލްޑިވިއަން އަދި ސިފައިން ބައްދަލުކުރި މެޗުގެ ތެރެއިން
ވީއޭއެމް
ވީއޭއެމް އެސޯސިއޭޝަން ކަޕް
ވީއޭއެމް އެސޯސިއޭޝަން ކަޕް: ސީލައިފް އަދި މޯލްޑިވިއަން މޮޅުވެއްޖެ
ޕޮލިސް އަތުން ސީލައިފް މޮޅުވީ ތިން ސެޓް ދެ ސެޓުން
ސިފައިން އަތުން މޯލްޑިވިއަން މޮޅުވީ ތިން ސެޓް ދެ ސެޓުން

ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ބާއްވާ ވީއޭއެމް އެސޯސިއޭޝަން ކަޕްގައި ސީލައިފް ސްޕޯޓްސް ކްލަބް އަދި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު މެޗުން ދެޓީމު ވެސް މޮޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ހަވީރު ކުޅުނު މެޗުން ސީލައިފް މޮޅުވީ ޕޮލިސް ކްލަބާ ވާދަކޮށް ތިން ސެޓް އެއް ސެޓުންނެވެ.

މެޗުގެ ފުރަތަމަ ދެ ސެޓް 22-25 އަދި 15-25 އިން ކާމިޔާބު ކުރީ ޕޮލިސް އެވެ. އެހެން ނަމަވެސް ޖެހިގެން އައި ތިން ސެޓްވެސް ސީލައިފް އިން ވަނީ ކާމިޔާބު ކޮށްފައެވެ. ސީލައިފް އިން ސެޓްތައް ގެންދިޔައީ 26-28، 20-25 އަދި 10-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސީލައިފްގެ ބިދޭސީ ކުޅުންތެރިޔާ މުބައްޝިރް ރާޒާ އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން މޯލްޑިވިއަން މޮޅުވީ، ސިފައިންނާ ވާދަކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓް 23-25 އިން މޯލްޑިވިއަން ގެންދިޔައިރު، ދެވަނަ ސެޓް 23-25 އިން ކާމިޔާބުކުރީ ސިފައިންނެވެ. ތިންވަނަ ސެޓްވެސް 26-28 އިން ގެންދިޔައީ ސިފައިންނެވެ. ހަތަރުވަނަ ސެޓް 20-25 އިން ގެންދިޔައީ މޯލްޑިވިއަން އެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓް 10-15 އިން ކާމިޔާބުކުރީ މޯލްޑިވިއަން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މޯލްޑިވިއަންގެ ބިދޭސީ ކުޅުންތެރިޔާ މުރާދް ޖީހާން އެވެ.

 

- ކޮމެންޓް