މަޝްހޫރު މެތަމެޓިޝަން ކަމަށްވާ އަނަންދު ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "ސުޕަ ހީރޯ" ގެ ލީޑް ރޯލުން ފެންނާނީ ރިތިކް ރޯޝަން ކަން ކަށަވަރު ވެއްޖެއެވެ.
ކްރިޓިސްޓެއް އަދި އެނަލިސްޓެއް ކަމަށްވާ ތާރަން އަދާޝް ހޯމަދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އަނަންދު ކުމާރުގެ ބަޔޯގައި ފެންނާނީ ރިތިކް ޜޯޝަން ކަމަށާއި މި ފިލްމު ޑައިރެކްޓް ކުރާނީ ވިކާސް ބާލް ކަމަށެވެ.
#BreakingNews: Hrithik Roshan to play mathematician #AnandKumar in his biopic, titled #Super30... Vikas Bahl will direct the film.
— taran adarsh (@taran_adarsh) September 25, 2017
"ސުޕަރ30" ގައި ރިތިކް ރޯޝަން ފެނިގެންދާނެކަމަށް އިއުލާން ކުރިކަމުގައި ވީނަމަވެސް އަދި މި ފިލްމުގެ ޝޫޓިން ފަށާނެ ތާރީޚެއް އިއުލާން ކޮށްފައެއް ނުވެއެވެ. އަދި މިފިލްމު ސިނަމާތަކަށް އަންނާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. ބެލެވޭގޮތުގައި އަންނަ އަހަރުގެ ފަހުކޮޅުގައި މި ފިލްމު ސިނަމާތަކަށް އަންނާނެއެވެ.