ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 09:18
ބޫމީގެ ޕޯސްޓަރ
ބޫމީގެ ޕޯސްޓަރ
ގޫގުލް
ބޫމީ
"ބޫމީ": ޓްވިޓާގައި ސަންޖޭއަށް ތައުރީފު
ބޫމީ ރިލީޒް ކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގައި

ސަންޖޭ ދަތު ފިލްމީ ހަޔާތާއި ދުރުގައި 4 އަހަރު ދުރުގައި ހުރުމަށް ފަހު އޭނާގެ އެނބުރި އައުން ކަމަށްވާ "ބޫމީ" ވަނީ  މިމަހުގެ 22 ވަނަ ދުވަހު ސިނަމާތަކަށް އައިސްފައެވެ.

މި ފިލްމަށް ފުރަތަމަ ދުވަހު ލިބިފައި ވަނީ 2.25 ކުރޯޑް ރުޕީސްއެވެ. ދެވަނަ ދުވަހު 2.47 ކުރޯޑް ލިބިފައިވާއިރު ތިންވަނަ ދުވަހު ލިބުނީ 4.72 ކުރޯޑް އިންޑިއަން ރުޕީސްއެވެ.  

މި ފިލްމު އެލޫވުމާއެކު ސަންޖޭއަށް އަދި ފިލްމަށް ޓްވިޓާގައި ބެލުންތެރިން ވަނީ ތައުރީފު ކޮށްފައެވެ.

އެގޮތުން  ބުމިކާ ކިޔާ މީހަކު ބުނެފައިވަނީ "ބޫމީ" ބަލާފައިވާ ކަމަށާއި ސަންޖޭގެ އެނބުރި އައުން އޭނާ އަށް ކަމުދާކަމަށެވެ.

 

"ބޫމީ" އިން ބައްޕަޔަކާއި އަންހެން ދަރިފުޅެއްގެ ގުޅުން އެންމެ ރީތިކޮށް ގެނުވައިދީފައިވާ ކަމަށާއި ސަންޖޭއާއި އަދިތީގެ މޮޅުކަން ފެނިއްޖެކަމަށް ޕަރަމޭޒް ކިޔާ މީހަކު ބުނެފައިވެއެވެ.؛

 

ނިތިން މިޝްރާ ކިޔާ މީހަކު ބުނެފައި ވަނީ ސަންޖޭ އާއި އަތިޔާގެ އެކްޓިން ވަރަށް ކަމުދާކަމަށާއި "ބޫމީ" އަކީ ރީތި ފިލްމެއް ކަމަށެވެ. 

 

 

ޕްރިޔަންކާ ބުނެފައިވަނީ "ބޫމީ" ގެ ޑައިލޮގް ތައް ވަރަށް ކަމުދާ ކަމަށެވެ. އަދި ސަންޖޭއާއި އަތިތިޔާގެ ހުށައެޅުން މޮޅުކަމަށެވެ.

"ބޫމީ" އަކީ ޖަޒުބާތުން ފުރިގެންވާ ބަދަލު ހިފުމުގެ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ. މި ފިލްމުގައި ބައްޕަ އަކާއި އަންހެން ދަރިފުޅުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުން ފެނިގެންދެއެވެ. "ބޫމީ" ގައި ސަންޖޭގެ އަންހެން ދަރިފުޅުގެ ރޯލުން ފެނިގެންދަނީ އަދިތީ ރާއޯ ހައިދަރީ އެވެ. ބެލުންތެރިން ވަނީ އަދިތީ އަދި ސަންޖޭގެ ރޯލަށް ތައުރީފު ކޮށްފައެވެ.

މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އޮމަންގް ކުމާރެވެ.

- ކޮމެންޓް