ކ. މާލެ
|
24 ސެޕްޓެންބަރ 2017 | އާދީއްތަ 20:28
މިދިޔަ އަހަރު އިނގިރޭސި ވިލާތަށް 37.6 މިލިއަން ފަތުރުވެރިން
މިދިޔަ އަހަރު އިނގިރޭސި ވިލާތަށް 37.6 މިލިއަން ފަތުރުވެރިން
ގޫގުލް
ފަތުރުވެރިން
ރިކޯޑް އަދަދަކަށް އިނގިރޭސި ވިލާތަށް ޖުލައި މަހު ފަތުރުވެރިން ޒިޔާރަތްކޮށްފި
މިދިޔަ އަހަރު އިނގިރޭސި ވިލާތަށް 37.6 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި

ރިކޯޑް އަދަދަކަށް އިނގިރޭސި ވިލާތަށް މިއަހަރު ޖުލައި މަހު ފަތުރުވެރިން ޒިޔާރަތްކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޮފީސް ފޯ ނޭޝެނަލް ސްޓެޓިސްޓިކްސް (އޯއެންއެސް) އިން ބުނެފައި ވަނީ ފަތުރުވެރިން 2.75 ބިލިއަން ޕައުންޑު އެމީހުންގެ ދަތުރަށް ހޭދަކޮށްފައިވާ ކަމަށެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިނގިރޭސި ވިލާތުގެ ރައްޔިތުން އެހެން ޤައުމުތަކަށް ގޮސްފައިވާ އަދަދު ވަނީ ދެ ޕަސަންޓަށް ދަށްވެފަ އެވެ.

ގިނައިން ފަތުރުވެރިން އިނގިރޭސި ވިލާތަށް ޒިޔާރަތްކޮށްފައިވަނީ ޔޫރަޕް އާއި ނޯތް އެމެރިކާ އަދި ޗައިނާ، އޮސްޓޭލިއަރ އަދި ގަލްފުގެ ޤައުމުތަކުން ނެވެ.

ޔޫރަޕުން 15.1 މިލިއަން މީހުން އިނގިރޭސި ވިލާތަށް ޒިޔާރަތް ކޮށްފައިވާ އިރު ނޯތް އެމެރިކާއިން 2.9 މިލިއަން މީހުން ވަނީ އިނގިރޭސި ވިލާތަށް ޒިޔާރަތްކޮށްފަ އެވެ. އަދި ޗައިނާ، އޮސްޓްރޭލިއަރ، އިންޑިއާ އަދި ގަލްފުގެ ޤައުމުތަކުން ވަނީ 3.6 މިލިއަން މީހުން އިނގިރޭސި ވިލާތައް ޒިޔާރަތް ކޮށްފައެވެ.

ފަތުރުވެރިން އިނގިރޭސި ވިލާތުގައި އެންމެ ގިނައިން ޒިޔާރަތް ކުރާ ތަންތަނަކީ ބްރިޓިޝް މިއުޒިއަމް އާއި ނެޝެނަލް ގެލަރީ އާއި ނެޝެނަލް ހިސްޓްރީ މިއުޒިޔަމް އަދި ސައުތް ބޭންކް ސެންޓަރ އެވެ.

މިދިޔަ އަހަރު އިނގިރޭސި ވިލާތަށް 37.6 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ އިރު މިއަހަރު 4 މިލިއަން ފަތުރުވެރިން ވަނީ އިނގިރޭސި ވިލާތަށް ޒިޔާރަތްކޮށްފަ އެވެ.  

   

 

- ކޮމެންޓް