ފޮރިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް އައްޔަނުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، 20 ސެޕްޓެންބަރު 2017 ގައި މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް އައްޔަނު ކުރެއްވި ޑރ. ފަޒީލް ނަޖީބް މަސައްކަތް ކުރައްވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައިކަމަށެވެ.
ޑރ. ފަޒީލް ނަޖީބް ވަނީ މީގެ ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރުގެ މަގާމު 5 އަހަރަށް އަދާ ކުރައްވާފައެވެ. ފަޒީލް ނަޖީބަކީ ރައްޔިތުންގެ މަޖިލީހުގެ މިހަރުގެ ރައީސް މުހައްމަދު މަސީހުގެ ކޮއްކޮ އެވެ.
ޑޮކްޓަރ ފަޟީލް ނަޖީބަކީ 1987 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ޓްރޭޑް މިނިސްޓްރީގައި އެކި ފެންވަރުގެ މަޤާމުތައް ފުރުއްވައި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ޚާއްޞަކޮށް، ބޭރުގެ ވިޔަފާރިވެރިންގެ ކަންކަން ބެލެހެއްޓެވުމުގައި، ޓްރޭޑް މިނިސްޓްރީގެ އިންވެސްޓްމަންޓާއި، އިންޓަނޭޝަނަލް ކޯޕަރޭޝަން ބައިގައި ވަރަށް ގިނަ ދުވަހު އެބޭފުޅާވަނީ މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން، އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ، އިންވެސްޓްމަންޓްސްގެ މަޤާމާއި، ޑެޕިޔުޓީ ޑިރެކްޓަރ، އިންޓަނޭޝަނަލް ކޯޕަރޭޝަންގެ މަޤާމާއި، ޑިރެކްޓަރ، އިންޓަނޭޝަނަލް ކޯޕަރޭޝަންގެ މަޤާމުވެސް ވަނީ ފުރުއްވާފައެވެ.
ޑޮކްޓަރ ފަޟީލް ނަޖީބަކީ އިނގިރޭސިވިލާތުން އިންޓަރނޭޝަނަލް ބިޒްނަސް ލޯ އިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.