ކ. މާލެ
|
23 ސެޕްޓެންބަރ 2017 | ހޮނިހިރު 19:01
ފޭސް އެކަޑަމީގައި ބައިވެރިވާ ބައެއް ކުޅުންތެރިން
ފޭސް އެކަޑަމީގައި ބައިވެރިވާ ބައެއް ކުޅުންތެރިން
އަހްމަދު ސާއިފް ޝިޔާދް
ފޭސް އެކަޑަމީ
ފިޔޯރީގެ ފޭސް ޖަމިއްޔާއިން ފުޓްބޯޅަ އެކަޑަމީއެއް ފަށައިފި
މި އެކަޑަމީގަ 40 ކުޅުންތެރިން ވަނީ ބައިވެރިވެފަ

ގދ. ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވާމެންޓް (ފޭސް) ޖަމިއްޔާއިން "ފޭސް އެކަޑަމީ" ގެ ނަމުގައި އެ ރަށުގައި ފުޓުބޯޅަ އެކަޑަމީއެއް އިފްތިތާހުކޮށްފިއެވެ. 

ކުޑަކުދިންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް، ޕްރޮފެޝަނަލް ކުޅުންތެރިންތަކެއް އުފެއްދުމުގެ މަގްސަދުގައި އުފެއްދި މި އެކަޑަމީ ފެއްޓުމުގެ ގޮތުން ހުކުރު ދުވަހުގެ ހަވީރު ފިޔޯރީ ފުޓްބޯޅަ ސްޓޭޑިއަމްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި އެކަޑަމީ ހާއްސަ ކުރެވިފައި ވަނީ އެ ރަށުގެ 7 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ކަމަށް ފޭސް ޖަމިއްޔާއިން މައުލޫމާތު ދެއެވެ. އަދި މިހާތަނަށް އެކި އުމުރުފުރައިގެ 40 ކުދިން މި އެކަޑަމީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މި އެކަޑަމީގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރި ވާނީ އޭއެފްސީ ސީ ލައިސަންސް ކޯޗިން ކޯސް ފުރިހަމަކޮށްފައިވާ ފިޔޯރީއަށް ނިސްބަތްވާ ދެ ކޯޗުންނެވެ. ޓްރެއިނިންގްތަކަށް ބޭނުންވާ ހުރިހާ ވަސީލަތާއެކު ފެށި މި އެކަޑަމީގައި ބައިވެރިވުމަށް ކުދިންގެ އަތުން އެއްވެސް ފީއެއް ނަގާފައި ނުވާ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ. އަދި މި އެކަޑަމީގެ މައި ސްޕޮންސާއަކީ "ވައިޓް ރެބިޓް ސްޕޯޓްސް" އެވެ.

ފޭސް ޖަމިއްޔާއަކީ ފިޔޯރީގެ އިޖްތިމާއީ ތަރައްގީއަށް 2012 ވަނަ އަހަރުން ފެށިގެން އެކި ގޮތްގޮތުން ހިދުމަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.

- ކޮމެންޓް