ކ. މާލެ
|
23 ސެޕްޓެންބަރ 2017 | ހޮނިހިރު 10:42
ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުން
ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުން
ގޫގުލް
ރޮހިންޖާ މުސްލިމުން
އިންޑިއާއަށް ރޮހިންޖާ މުސްލިމުން އައުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ދަނީ ބޭނުން ކުރަމުން
އިންޑިއާގައި 40000 އެއްހާ ރޮހިންޖާ މުސްލިމުން އުޅޭ

ބަންގްލަދޭޝް އާއި ގުޅިފައިވާ އިންޑިއާގެ އިރުމަތީ ބޯޑަރު ހުރަސްކޮށް އަންނަ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް، އެބައި މީހުން އިންޑިއާ އަށް އެތެރެވުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ބޭނުން ކުރަމުންދާ ކަމަށް އޮފިޝަލުން ހުކުރު ދުވަހު ބުނެފިއެވެ.

އިންޑިއާގެ ބޯޑަރު ސަރަހައްދު ގައި ހަރަކާތްތެރިވާ ސަލާމަތީ އޮފިޝަލުން ބޭނުން ވަނީ އިންޑިއާގައި ދިރިއުޅެމުންދާ 40،000 އެއްހާ ރޮހިންޖާ މުސްލިމުން ގައުމުން، ސަލާމަތީ ސަބަބުތަކަކަށްޓަކައި ބޭރު ކުރަން ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ބޯޑާ ސެކިޔުރިޓީ ފޯސް (ބީއެސްއެފް) ގެ ސީނިއާ އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައި ވަނީ އިންޑިއާގެ ސަލާމަތީ ޚިދުމަތްތަކުން އެއްވެސް ރޮހިންޖާ މުސްލިމަކަށް އަނިޔާ އެއް ދޭން ނުވަތަ ހައްޔަރު ކުރަން ބޭނުން ނުވާ ކަަމަށާއި އެހެން ނަމަވެސް އިންޑިއާގެ ފަސްގަނޑަށް ރޮހިންޖާ މުސްލިމުން އައުމަަށް ދެކޮޅު ހަދާ ކަމަށެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުން ވެ ސް މަހްރޫމް ކުރެވިފައިވާ ބައެކެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތް ވުމަށް މިހާތަނަށް 400،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ.

ރޮހިންޖާ މުސްލިމުންނަށް ރައްކާތެރިކަން ދިނުމަށްޓަކައި އދ. އިން ސުޕަވައިޒް ކުރާ ސޭފް ޒޯންތަކެއް މިޔަންމާގައި ގާއިމު ކުރުމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ދާދިފަހުން ވަނީ ގޮވާލައްވާފައެވެ. 

 

 


 


 

 

 


 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
23 ސެޕްޓެންބަރ 2017 | ހޮނިހިރު 12:48
global scale
ethnic cleansing in global scale