ކ. މާލެ
|
23 ސެޕްޓެންބަރ 2017 | ހޮނިހިރު 08:36
ރާއްޖެ އަދި ތަޖިކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެ އަދި ތަޖިކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން
ފޭސްބުކް
ތަޖިކިސްތާން - ރާއްޖެ
ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ކޮޅަށް ތަޖިކިސްތާނުން ލަނޑު ގޯންޏެއް އޮއްސާލައިފި
ރާއްޖޭ ކޮޅަށް ތަޖިކިސްތާން ވަނީ 14 ލަނޑު ޖަހާފައި

އޭއެފްސީ 16 އަހަރުންދަށުގެ ކޮލިފައިން މުބާރާތުގައި ރާއްޖޭ ޓީމު ކޮޅަށް ތަޖިކިސްތާނުން ލަނޑު ގޯންޏެއް އޮއްސާލައިފި އެވެ.

ހުކުރު ދުވަހު ކުޅުނު މި މެޗު ރާއްޖެއާ ވާދަކޮށް ތަޖިކިސްތާނުން ކާމިޔާބު ކުރީ 0-14 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ތަޖިކިސްތާންގެ ސޮއިރޯވް ހަތަރު ލަނޑު ކާމިޔާބު ކޮށްފައިވާއިރު، އެމޮމާލީ ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އެޓީމުގެ ރަހްމަތޯވް އާއި ޒައިރޯވް ކުރެ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބު ކޮށްފައިވާއިރު، ސަންގޯވް އާއި އިބްރާހިމް އަދި ހަސަނޯވް ކުރެ ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ.

ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އޮމާން އަތުން 0-8 ގެ ތަފާތުބޮޑު ނަތީޖާއަކުން ވަނީ ބަލިވެފައެވެ. ކުޅުނު ދެ މެޗުގައި މިހާތަނަށް ރާއްޖެ ކޮޅަށް 24 ލަނޑު ވަނީ ވަދެފައެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އާދީއްތަ ދުވަހު ނިކުންނާނީ ސިރިއާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
23 ސެޕްޓެންބަރ 2017 | ހޮނިހިރު 13:38
ހިސާބް
8-0 14-0 ވީމާމިވީ 24 ތަ ނޫނީ 22 ތަ ކަލްކީއެއްދޭންވީތަ ޑިމޮކްރަސީދީނުގެ ކައްޒާބުންނަށް