ކ. މާލެ
|
23 ސެޕްޓެންބަރ 2017 | ހޮނިހިރު 07:52
ވީއޭއެމް އެސޯސިއޭޝަން ކަޕްގެ މެޗެއްގެ ތެރެއިން
ވީއޭއެމް އެސޯސިއޭޝަން ކަޕްގެ މެޗެއްގެ ތެރެއިން
ވީއޭއެމް
ވީއޭއެމް އެސޯސިއޭޝަން ކަޕް
ވީއޭއެމް އެސޯސިއޭޝަން ކަޕް: މޯލްޑިވިއަން އާއި މަލްސަން ސްޕޯޓްސްއަށް ވެސް މޮޅެއް
މެޗު މަލްސަން ސްޕޯޓްސް ކްލަބުން ކާމިޔާބު ކޮށްފައިވަނީ ސީދާ ތިން ސެޓުން
ޕޮލިސް ކްލަބާއި ދެކޮޅަށް ކުޅުނު މެޗު މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްއިން ކާމިޔާބުކޮށްފައި ވަނީ ސީދާ ތިން ސެޓުން

ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި މަލްސަން ސްޕޯޓްސް ކްލަބް ކުޅުނު މެޗުތަކުން އެ ދެ ޓީމު ވެސް މޮޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ހަވީރު އެސްޕިރޭޝަން އެންޑް އިންސްޕިރޭޝަން ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅުނު މެޗު މަލްސަން ސްޕޯޓްސް ކްލަބުން ކާމިޔާބު ކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް މަލްސަން ސްޕޯޓްސްއިން ގެންގޮސްފައި ވަނީ 25-16، 25-11 އަދި 25-18 އިންނެވެ. މި ދެ ޓީމު ވާދަ ކުރި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ މަލްސަން ސްޕޯޓްސް ކްލަބްގެ ޖާޒީ ނަމްބަރު 4، މާން ބަހާދޫރްއެވެ.

ހުކުރު ދުވަހުގެ ރޭ ޕޮލިސް ކްލަބާއި ދެކޮޅަށް ކުޅުނު މެޗު މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްއިން ކާމިޔާބު ކޮށްފައި ވަނީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ގެންގޮސްފައި ވަނީ 25-23، 25-23 އަދި 25-19 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ޖާޒީ ނަމްބަރު 15 މުރާދް ޖެހާންއެވެ.

މި މުބާރާތުގައި މީގެ ކުރިން މޯލްޑިވިއަން ކުޅުނު ދެ މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އެހެނަސް މިއީ މަލްސަން ސްޕޯޓްސްއަށް ލިބުނު އެންމެ ފުރަތަމަ މޮޅެވެ.

މި މުބާރާތުގެ ކުޅުން މި މަހުގެ 28 ވަނަ ދުވަހާ ހަމަޔަށް ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިޔަށް ދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް