ކ. މާލެ
|
22 ސެޕްޓެންބަރ 2017 | ހުކުރު 22:58
މެކްސިކޯއަށް އައި ބިންހެލުމާއި ގުޅިގެން ބޮޑެތި ގެއްލުންތަކެއް އެގައުމަށް ވަނީ ލިބިފައި
މެކްސިކޯއަށް އައި ބިންހެލުމާއި ގުޅިގެން ބޮޑެތި ގެއްލުންތަކެއް އެގައުމަށް ވަނީ ލިބިފައި
ސީ.އެން.އެން
މެކްސިކޯ
މެކްސިކޯ އަށް އައި ބިންހެލުމާއި ގުޅިގެން މަރުވި މީހުންގެ އަދަދު 273 އަށް އަރައިފި
އަދިވެސް އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައި ކަމަށް ބެލެވޭ

މެކްސިކޯ އަށް އަންގާރަ ދުވަހު އައި ބިންހެލުމާއި ގުޅިގެން މަރުވި މީހުންގެ އަދަދު 273 އަށް އަރައިފި ކަމަށާއި އަދިވެސް ބައެއް މީހުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މެކްސިކޯގެ ރައީސް އެންރީކޭ ޕީނާ ނިއެޓޯ ވިދާޅުވެފައި ވަނީ އަންގާރަ ދުވަހު އެގައުމަށް 7.1 މެގްނިޓިއުޑް ގައި އައި ބިންހެލުމާއި ގުޅިގެން އެންމެ އިސްކަމެއް ދޭނީ ޒަޚަމްވި ފަރާތްތަކަށް އެހީވުމަށާއި މީހުން ސަލާމަތް ކުރުމަށް ކަމަށެވެ. 

ބިންހެލުމާއި ގުޅިގެން ކަރަންޓްގެ ޚިދުމަތް މެދުކެނޑުނު މީހުންގެ އަދަދު މިލިއަނުން ގުނާ ލެވެއެވެ. އަދި ބިންހެލުމާއި ގުޅިގެން 1900 މީހަކު ޒަޚަމްވެފައިވެއެވެ. އަދި އެތައް ހާސް ބަޔަކު ގެދޮރު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

7.1 މެގްނިޓިއުޓްގެ ބިންހެލުން އަންގާރަ ދުވަހު އައިސްފައި މިވަނީ މެކްސިކޯ އަށް ސެޕްޓެމްބަރު ކުރީކޮޅު 8.1  ބިންހެލުމެއް  އައިސް މަދުވެގެން 90 މީހުން މަރުވެފައި ވަނިކޮށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް