ކ. މާލެ
|
22 ސެޕްޓެންބަރ 2017 | ހުކުރު 15:21
ނޭމާ އަދި ރަކިޓިޗް
ނޭމާ އަދި ރަކިޓިޗް
ގޫގުލް
ނޭމާ ބާސާ ދޫކޮށްލުން
ނޭމާ ވިއްކާލުމަކީ ގޯސް ނިންމުމެއް: ރަކިޓިޗް
ނޭމާއަކީ ގާތް އެކުވެރިއެއް: ރަކިޓިޗް
ނޭމާގެ ނިންމުމަށް އެންމެން ވެސް އިހުތިރާމް ކުރަން ޖެހޭނެ

ބާސެލޯނާއަށް ކުޅުނު ބްރެޒިލްގެ ތަރި ނޭމާ ވިއްކާލުމަކީ އެ ކްލަބުން ނިންމި ގޯސް ނިންމުމެއް ކަމަށް އިވާން ރަކިޓިޗް ބުނެފިއެވެ.

ބީބީސީ ވޯލްޑް ސާވިސްއާ ވާހަކަ ދައްކަމުން ރަކިޓިޗް ބުނެފައި ވަނީ އޭނާއަކީ ހަމައެކަނި ބާސާގެ ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާއަކީ ރަކިޓިޗްގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށެވެ. އެހެންކަމުން ޕީއެސްޖީއަށް ނޭމާ ބަދަލުވުމާ ވިދިގެން ވަރަށް ދެރަވި ކަމަށާއި ނޭމާއަކީ އަބަދުވެސް ޓީމުގައި ބަހައްޓަން ބޭނުންވާ ކުޅުންތެރިއެއް ކަމަށް ރަކިޓިޗް ބުންޏެވެ. އަދި ޑްރެސިން ރޫމުގައި އޭނާއަކީ ވަރަށް މުހިންމު މީހެއް ކަމަށާއި ފުޓްބޯޅައިގެ ދުނިޔޭގައި ނޭމާއަކީ ވަރަށް ފުރިހަމަ މީހެއް ކަމަށް ވެސް ރަކިޓިޗް ބުނެފައި ވެއެވެ.

އެހެން ނަމަވެސް ރަކިޓިޗް ބުނެފައިވަނީ ނޭމާގެ ނިންމުމަށް އެންމެން ވެސް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި އެއްވެސް ކުޅުންތެރިޔަކު ޓީމަށް ކުޅެން ބޭނުންނުވާ ނަމަ އެކަމަށް އޮންނަ ހައްލަކީ ޓީމު ދޫކޮށް ދިޔުން ކަމަށެވެ. ރަކިޓިޗް ބުނެފައިވާ ގޮތުގައި އޭނާގެ އުއްމީދަކީ ނޭމާ ޕީއެސްޖީގައި ގިނަ ލަނޑުތަކެއް ޖަހައި ކާމިޔާބު ކުޅުންތެރިޔަކަށް ވުން ކަމަށެވެ. އަދި މިހާރު ބާސާގައި ނޭމާ ނެތްކަން ދަންނަން ޖެހޭ ކަމަށާއި ނޭމާ ނެތްތަން ޓީމުން ދެއްކި ކަމުގައި ވިޔަސް އަބަދުވެސް ކާމިޔާބު ހޯދަން ވިސްނަން ޖެހޭނެ ކަމަށް ރަކިޓިޗް ބުންޏެވެ.

ނޭމާވަނީ ދުނިޔޭގެ ރިކޯޑު ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ބާސާ ދޫކުރުމަށް ފަހު ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވެފައެވެ. ބާސާއިން ވަނީ އޭނާ ނެތްތަން ފޫބެއްދުމަށްޓަކައި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި ފްރާންސްގެ ޒުވާން ފޯވާޑް އުސްމާން ޑެމްބެލޭ އެ ޓީމަށް ގެނެސްފައެވެ.

ނޭމާ އަންނަނީ ޕީއެސްޖީއަށް ބަދަލުވި ފަހުން އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް