ކ. މާލެ
|
22 ސެޕްޓެންބަރ 2017 | ހުކުރު 13:39
ބާނީ ކޭސީ
ބާނީ ކޭސީ
ގެޓީ އިމޭޖަސް
ބާނީ ކޭސީ
އުމުރުން 78 އަހަރުގައި ބާނީ ކޭސީ މަރުވެއްޖެ
ބާނީ މަރުވެފައިވަނީ އެމެރިކާގެ ލޮސް އެންޖެލެސްގައި

އެމެރިކާގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ޖޭމްސް ބޮންޑު ފިލްމުން އެންމެ ފުރަތަމަ ފެނިގެންދިޔަ ކަޅު ނަސްލުގެ އެކްޓަރ ބާނީ ކޭސީ 78 އަހަރުގައި މަރުވެއްޖެއެވެ.  

ބާނީ މަރުވެފައިވަނީ އެމެރިކާގެ ލޮސް އެންޖެލެސްގައެވެ.

ސާޅީހަކަށްވުރެ ގިނަ ފިލްމު ކުޅެފައިވާ ބާނީ އެންމެ ފުރަތަމަ ކުޅެފައިވަނީ "ގަންސް ދަ މެގްނިފިސެންޓް 7"(1969) ގައެވެ.

އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ 2007 ވަނަ އަހަރު ނިކުތް "ވެގަސް ވެމްޕަޔާސް" އިންނެވެ.

ބާނީ އުފަންވެފައިވަނީ 8 ޖޫން 1939 ގައެވެ.

- ކޮމެންޓް