ރައީސް ޓްރަމްޕްގެ އައު ވާހަކައެކެވެ. މިފަހަރު ނެމްބިއާ ކިޔާ ގައުމެއްގެ ވާހަކައެވެ.
ރައީސް ޓްރަމްޕް ވިދާޅުވީ، ނެމްބިއާގެ ސިއްހީ ނިޒާމް އަކީ ވަރަށް ބޮޑަށް އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ނިޒާމެއް ކަމަށް ފާހަގަ ކުރެއްވިފައިވާ ކަމަށެވެ.
ރައީސް ޓްރަމްޕް މިހެން ވިދާޅުވީ، އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި، އެފްރިކާ ބައްރުގެ ވެރިންނާ އެކު ބޭއްވެވި މެންދުރުގެ ފަރީއްކޮޅު ބައްދަލުވުމެއްގައި ޖުމްލަ ގޮތެއްގައި އެފްރިކާ ބައްރަށް ތައުރީފް ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެފްރިކާ ގައުމަކުން މިސާލެއް ދެއްކެވެމުގެ ގޮތުންނެވެ.
When President Trump addressed African leaders at the UN, his audience were left wondering where "Nambia" was: pic.twitter.com/pXrH8y89zn
— NBC News (@NBCNews) September 21, 2017
އެކަމަކު ދެރަ ކަމަކީ ނެމްބިއާ ކިޔާ ގައުމެއް އެފްރިކާ ބައްރުގައި ނޯންނަ ކަމެވެ.
އެމެރިކާގެ ރައީސް މި ވިދާޅުވަނީ ނެމީބިއާގެ ވާހަކަ ބާވަައެވެ؟ ނުވަތަ ޒެމްބިއާ، ނުވަތަ ގެމްބިއާގެ ވާހަކަ ބާވައެވެ؟
ނެމްބިއާގެ މިސާލު ރައީސް ޓްރަމްޕް ވިދާޅުވުމާއެކު، ސޯޝަލް މީޑިއާ މީހުން އިސާހިތަކު އުތުރި އަރަން ފެށިއެވެ.
So what would the 'Nambian' flag look like? https://t.co/c2hTj2StIn
— ina skosana (@inaskosana) September 21, 2017
According to researchers, Nambia's #1 export is Covfefe. Huge deal in the works to increase trade. Very, very big deal.
— OkayAfrica (@okayafrica) September 20, 2017
"My friends go to your countries to get rich" = Colonalisers. @realDonaldTrump could you at least learn how to pronounce Namibia? #NAMBIA
— Lau van Overbeek (@lauvancrus) September 20, 2017
ބުދަ ދުވަހު އެފްރިކާގެ ލީޑަރުންނާ މުޚާތަބް ކުރައްވާ ޓަރަމްޕް ދެއްކެވި މިވާހަކަފުޅުގައި، އެފްރިކާ ގައުމުތަކަށް ތައުރީފް ކުރައްވަމުން ވިދާޅުވީ، އެފްރިކާއަކީ ވަރަށް ފުރުސަތުތައް އޮތް ތަނެއް ކަމަށާއި، އެމަނިކުފާނުގެ ވަރަށް ގިނަ ރަހުމަތްތެރިން މުއްސަނދި ވުމުގެ ބޭނުމުގައި އެފްރިކާއަށް ދަތުރު ކުރާކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
ޓްރަމްޕް މިހެން ވިދާޅުވުމަށްފަހު ތަރުހީބުގެ އަތްތަލަބަޑިއަކަށް އުއްމީދު ކުރައްވާ ވާހަކަފުޅަށް ކުޑަހުއްޓުމެއް ގެންނެވިއެވެ.
ޓްރަމްޕް މިހެން ވިދާޅުވުމުން އޯޑިއަންސްގައި ތިއްބެވި އެފްރިކާ ގައުމުތަކުން ވެރިން ތިއްބެވީ އަތްތަލަބަޑި ޖެއްސުވުމުގެ ބަދަލުގައި ހައިރާންވެ ވަޑައިގެން ހިމޭންވެ ހައިރާންވެފައެވެ.
އެފްރިކާ ބައްރަށް ގޮސް އެފްރިކާ ގައުމުތަކުގެ ވަސީލަތްތައް ބޭނުންކޮށް ނުއަގުގައި މީހުން ލައްވާ މަސައްކަތް ކުރުވައިގެން އެފްރިކާގެ ނާޖާއިޒް ފައިދާ ދޮން މީހުން ނަގައިގެން މުއްސަނދިވާ ވާހަކަ އަކީ "ސެންސިޓިވް" މައްސަލައެއްކަން ރައީސް ޓްރަމްޕަށް އެނގިވަޑައިގެންފައި ނެތީ ކަމަށްވެސް ވެދާނެއެވެ.
ރައީސް ޓްރަމްޕް އެފްރިކާ ބައްރުގެ ގައުމުތަކުގެ އިގްތިސާދު ކުރިއަރާލެއް ބާރު ކަމުގެ ވާހަކަފުޅާއި، އިގްތިސާދީ ފުރުސަތުގެ ތަކުގެ ވާހަކަފުޅު ދެއްކެވި އިރު، ގިނަ އެފްރިކާ ގައުމުތަކުގައި ހުރި އެމެރިކާ އެމްބަސީތަކުގައި އެމްބެސެޑަރގެ މަގާމު އޮތީ ހުހަށެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް އޮބާމާ އައްޔަން ކުރައްވާފައި ތިއްބެވި ސަފީރުން އަނބުރާ ގެންނެވުމަށްފަހު ރައީސް ޓްރަމްޕަށް އަދި އެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވިފައެއް ނުވެއެވެ. އެހެން ކަމުން އެ ގައުމުތަކުން އެމެރިކާ އާއި މުއާމަލާތް ކުރާނެ ޑިޕްލޮމެޓިކް ޗެނެލެއްވެސް މި ވަގުތަކު ނެތެވެ.