ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 12:02
މެޑޯނާ
މެޑޯނާ
ރާއްޖެ އެމްވީ
މެޑޯނާ
އަދިވެސް ކުދިން އެޑޮޕްޓް ކުރަން ބޭނުން: މެޑޯނާ
އޭނާ ވަނީ މީގެ ކުރިންވެސް 4 ކުދިން އެޑޮޕްޓްކޮށްފައި

އަދިވެސް ކުދިން އެޑޮޕްޓް ކުރަން ބޭނުންވާކަމަށް ލަވަކިޔުންތެރިޔާ މެޑޯނާ ބުނެފިއެވެ.

މެޑޯނާ މިހެން ބުނެފައިވާއިރު މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި މަލާވީން އިތުރު ދެ ކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ އެ ގައުމުގެ ހައިކޯޓުން މެޑޯނާއަށް ދީފައި ވެއެވެ.

އޭނާ ވަނީ މީގެ ކުރިން ވެސް ހަތަރު ކުދިން އެޑޮޕްޓްކޮށްފައެވެ. އޭގެ ތެރެއިން 2006 ވަނަ އަހަރު ޑޭވިޑް އެޑޮޕްޓްކުރިއިރު މާސީ އެޑޮޕްޓްކޮށްފައި ވަނީ 2009 ވަނަ އަހަރުއެވެ.

މެޑޯނާ ބުނެފައިވަނީ އޭނާގެ އުމުރުން ފަސް އަހަރުގައި އޭނާގެ މަންމަ މަރުވެފައިވުމުން އޭނާއަށް މަންމައަކު ނެތްކަމުގެ އިހުސާސް ވާކަމަށެވެ. އެހެންވެ އޭނާ ބޭނުން ވަނީ އޭނާ އެޑޮޕްޓް ކުރާ ކުދިންނަށް މަންމައެއްގެ ލޯބި ދިނުން ކަމަށާއި އެއީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެހެން ނަމަވެސް އޭނާ އެޑޮޕްޓް ކުރަން ބޭނުންވަނީ ކޮން ގައުމެއްގެ ކުދިން ކަމެއް ބުނެފައެއް ނުވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މެޑޯނާއަށް މަލާވީ ކޯޓުން އެޑޮޕްޓް ކުރުމުގެ ހުއްދަ ލިބުމުން އޭނާ ބޭނުންވަނީ މަލާވީން ކުދިން އެޑޮޕްޓް ކުރުމަށެވެ. އެހެން ނަމަވެސް އަދި މެޑޯނާ އެކަމާ މެދު ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

މިހާތަނަށް އޭނާ ވަނީ 13 އަލްބަމްގެ މަސައްކަތް ކޮށްފައެވެ. އޭނާގެ ކެރިއަރ ފަށާފައިވަނީ 1979 ވަނަ އަހަރުއެވެ.

އޭނާ ކިޔާފައިވާ ލަވަތަކުގެ ތެރޭގައި "ލައިކް އަ ވާޖިން"، ޕާޕާ ޑޯންޓް ޕްރީޗް"، "ލައިކް އަ ޕްރެޔާ" އަދި "ފްރޯޒެން" ހިމެނެއެވެ.

- ކޮމެންޓް