ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 09:09
"އޯލްޑް އިޒް ގޯލްޑް"
"އޯލްޑް އިޒް ގޯލްޑް"
ފޭސްބުކް
"އޯލްޑް އިޒް ގޯލްޑް"
"އޯލްޑް އިޒް ގޯލްޑް" ގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޕްލަސް
މިޝޯ ދެއްކުމަށް ހަމަ ޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭގަނޑު 21:00 ގައި

"އޯލްޑް އިޒް ގޯލްޑް" މިއުޒިކް ޝޯގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޕްލަސް ހަމަޖައްސައިފިއެވެ.

"އޯލްޑް އިޒް ގޯލްޑް"އަކީ ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑިވްސް (ފެއިމް) އާއި އިންޑިއަން ކަލްޗަރަލް ސެންޓަރ (އައިސީސީ)އާ ގުޅިގެން ކުރިއަށް ގެންދާ ޝޯއެކެވެ.

މި ޝޯގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެޕްލަސް އާއި ފެއިމް އިން ސޮއިކޮށްފައި ވަނީ އަންގާރަދުވަހުއެވެ. ރާއްޖެޕްލަސްގެ ފަރާތުން ސޮއިކުރެއްވީ އެޓީވީ ހިންގުމާ ހަވާލުވެ ހުންނެވި އާމިރު ސަލީމެވެ. ފެއިމްގެ ފަރާތުން ސޮއިކުރެއްވީ މަރިޔަމް ސުހާނާއެވެ.

"އޯލްޑް އިޒް ގޯލްޑް"އަކީ ކުރީގެ ލަވަކިޔުންތެރިންނާއި މިއުޒީޝަނުން ބައިވެރިކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ޝޯއެކެވެ. މިޝޯ ދެއްކުމަށް ހަމަ ޖެހިފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭގަނޑު 21:00 ގައި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައެވެ. ޝޯބެލުމަށް ހިލޭ ވަދެވޭނެއެވެ.

ފެއިމްގެ ޖެނެރަލް ސެކެޓްރީ ސުހާނާ ވިދާޅުވީ "އޯލްޑް އިސޒް ގޯލްޑް" ޝޯ ޕްރޮމޯޓް ކުރުމަށް ރާއްޖެ ޕްލަސް ކުރާ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.

މި ޝޯގައި ކުރީގެ މަޝްހޫރު ލަވަކިޔުންގެ ތެރޭގައި ހިމެނޭ މަހުމޫދާ ޝަކީބާއި ފާތިމަތު ރައޫފް، އަބްދުލް ރައޫފް، ޝިފާ ތައުފީގް، މަރިޔަމް ޝެހެނާޒް، އަބްދުލް ރަމީޒް، އަލީ މޫސާ އަދި އަލިބެ ހިމެނެއެވެ. އަދި މީގެ އިތުރުން މެހުމާނެއްގެ ގޮތުގައި ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ރަޝާދުގެ ދަރިފުޅު ލަވަކިޔުންތެރިޔާ ހަސަން ޖަލާލު ވެސް ފެނިގެންދާނެއެވެ.

- ކޮމެންޓް