ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 07:47
ސީލައިފް ސްޕޯޓްސް ކްލަބް އަދި ގުޑީސް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން
ސީލައިފް ސްޕޯޓްސް ކްލަބް އަދި ގުޑީސް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން
ވީއޭއެމް
ވީއޭއެމް އެސޯސިއޭޝަން ކަޕް
ވީއޭއެމް އެސޯސިއޭޝަން ކަޕް: ސިފައިން އަދި ސީލައިފް މޮޅުވެއްޖެ
ސީ ލައިފް ސްޕޯޓްސް ކްލަބް މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުން

ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ދިވެހި ސިފައިންގެ ކްލަބް އަދި ސީލައިފް ސްޕޯޓްސް ކްލަބް ކުޅުނު މެޗުން މޮޅުވެއްޖެއެވެ.

އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗުން ދިވެހި ސިފައިންގެ ކްލަބް މޮޅުވީ ވަން އެންޑް އޮންލީ ރީތި ރަށާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.

މެޗުގެ ސެޓްތައް ސިފައިން ގެންދިޔައީ 09-25، 14-25 އަދި 16-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ދިވެހި ސިފައިން ކްލަބުގެ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ގުޑީސް ސްޕޯޓްސް ކްލަބާ ވާދަކޮށް ސީ ލައިފް ސްޕޯޓްސް ކްލަބް މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ސެޓްތައް ސީލައިފް ސްޕޯޓްސް އިން ކާމިޔާބުކުރީ 14-25، 06-25 އަދި 07-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ސީލައިފް ސްޕޯޓްސްގެ އަލީ ހުޒާމް އެވެ.

މި މުބާރާތުގައި ޖުމްލަ އަށް ޓީމު ވަނީ ބައިވެރިވެފައެވެ. އެގޮތުން މުބާރާތުގެ ޕޫލް އޭގައި ހިމެނިފައި ވަނީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބާއި އެސްޕިރޭޝަން އެންޑް އިންސްޕިރޭޝަން ސްޕޯޓްސް ކްލަބްގެ އިތުރުން މަލްސަން ސްޕޯޓްސް ކްލަބެވެ. ޕޫލް ބީގައި ހިމެނިފައި ވަނީ ދިވެހި ސިފައިންގެ ކްލަބާއި ސީ ލައިފް ސްޕޯޓްސް ކްލަބާއި ގުޑީސް ސްޕޯޓްސް ކްލަބްގެ އިތުރުން ވަން އެންޑް އޮންލީ ރީތި ރަށެވެ.

މި މުބާރަތުގެ ކުޅުން މި މަހުގެ 28 ވަނަ ދުވަހާ ހަމަޔަށް ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިޔަށް ދާނެއެވެ.

- ކޮމެންޓް