ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 04:44
ލެސްޓާ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ލެސްޓާ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ލީގް ކަޕް ލިވަޕޫލް ކެޓުން
ލީގް ކަޕް: ލެސްޓާ އަތުން ބަލިވެ، ލިވަޕޫލް މުބާރާތުން ކަޓައިފި
ލެސްޓާ އަތުން ލިވަޕޫލް ބަލިވީ 0-2 ގެ ނަތީޖާއަކުން

ލީގް ކަޕްގައި ލެސްޓާ ސިޓީއަތުން ބަލިވެ، ލިވަޕޫލް މުބާރާތުން ކަޓައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ލެސްޓާ އަތުން ލިވަޕޫލް ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ.

ލެސްޓާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ލިވަޕޫލް އެވެ. އެގޮތުން އެޓީމުން ވަނީ ފުލުފުލުގައި ލެސްޓާގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފްގައި ލެސްޓާ އަށް ލަނޑު ޖެހުމަށް އެދެވޭ ފުރުސަތެއް ލިބިފައިނުވެއެވެ. އެހެންނަމަވެސް އެޓީމުން ވަނީ މޮޅަށް ޑިފެންސްކޮށް ލިވަޕޫލް ހިފެހެއްޓުމަށް ބުރަ މަސައްކަތްކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ލެސްޓާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، އެޓޭކްތައް ގިނަކޮށްފައެވެ. އެގޮތުން 65 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮކަޒާކީ އެވެ.

މި ލަނޑަށްފަހު ލެސްޓާ އިން ވަނީ ފަހަތަށްޖެހި ޑިފެންސަށް އިސްކަންދީ ކައުންޓާއަށް ވިސްނައިގެން ކުޅެން ފަށާފައެވެ. އެގޮތުން އެޓީމުން ވަނީ 78 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އޮކަޒާކީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސްލިމާނީ އެވެ.

މި ނަތީޖާއާއެކު ލެސްޓާ ދެން އޮތް ބުރަށް ދަތުރުކޮށްފައިވާއިރު، ލިވަޕޫލް އަށް ވަނީ މުބާރާތް ނިމިފައެވެ. ލިވަޕޫލް އަށް ދެން ކާމިޔާބުކުރެވެން އޮތީ ޕްރިމިއާ ލީގު، އެފްއޭކަޕް އަދި ޗެމްޕިއަންސް ލީގެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 40 މިނެޓު ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް