ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 01:16
މެކްސިކޯއަށް ބިންހެލުން އައުމާއެކު ރައްޔަތުން ރައްކާތެރިކަން ހޯދަން މަސައްކަތްކުރަނީ
މެކްސިކޯއަށް ބިންހެލުން އައުމާއެކު ރައްޔަތުން ރައްކާތެރިކަން ހޯދަން މަސައްކަތްކުރަނީ
ގެޓީ އިމޭޖަސް
މެކްސިކޯއަށް އައި ބިންހެލުން
މެކްސިކޯ އަށް ބާރުގަދަ ބިންހެލުމެއް އައިސް ގެއްލުންތަކެއް ވެއްޖެ
މެކްސިކޯ އަށް އައިސްފައިވަނީ 7.1 މެގްނިޓިއުޓްގެ ބިންހެލުމެއް
ބިންހެލުމުގައި ބައެއް ގެތަކަށް ވަނީ ބޮޑެތި ގެއްލުން ވެފައި
ބިންހެލުމުގައި މީހަކަށް ގެއްލުންވިކަމެއް އަދި ކަށަވަރެއްނުވޭ

މެކްސިކޯގެ ދެކުނަށް 7.1 މެގްނިޓިއުޓްގެ ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އަންގާރަ ދުވަހު އައި މި ބިންހެލުމުގައި ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއްވީކަމެއް އަދި ކަށަވަރެއްނުވެއެވެ.

މެކްސިކޯ އަށް މީގެ ދެހަފްތާ ކުރިންވެސް ވަނީ ބިންހެލުމެއް އައިސްފައެވެ. އެ ބިންހެލުމުގައި 90 މީހުން މަރުވެފައިވާއިރު، އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ. މީގެއިތުރުން އެތައް ގެއަކަށްވެސް ވަނީ ގެއްލުންވެފައެވެ.

މެކްސިކޯ އަށް އެންމެ ބާރުގަދަ ބިންހެލުމެއް އައީ 1985 ވަނަ އަހަރެވެ. އެފަހަރު 8.1 މެގްނިޓިއުޓް ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާއިރު، އެތައް ހާސް މީހުންނެއް ވަނީ މަރުވެފައެވެ. އަދި މެކްސިކޯގެ ބޮޑު ބައެއް ވަނީ ހަލާކުވެފައެވެ

- ކޮމެންޓް