ކ. މާލެ
|
19 ސެޕްޓެންބަރ 2017 | އަންގާރަ 19:39
ޝިފާޒް ކަތަމަންޑޫ މެރަތަން ނިންމަނީ
ޝިފާޒް ކަތަމަންޑޫ މެރަތަން ނިންމަނީ
ފޭސްބުކް
މެރަތަން ރެކޯޑް މުގުރާލުން
ގައުމީ މެރަތަން ރެކޯޑް ޝިފާޒް މުގުރާލައިފި
ޝިފާޒް ގައުމީ މެރަތަން ރެކޯޑް މުގުރާލީ ކަތަމަންޑޫ މެރަތަންގައި

ގައުމީ މެރަތަން ރެކޯޑު މުހައްމަދު ޝިފާޒް މުގުރާލައިފި އެވެ.

ޝިފާޒް ގައުމީ ރެކޯޑް މުގުރާލާފައި ވަނީ 11 ވަނަ ކަތަމަންޑޫ މެރަތަންގައި ވާދަކޮށްގެންނެވެ. އޭނާ ކަތަމަންޑޫ މެރަތަން ނިންމީ 2 ގަޑިއިރު 40 މިނެޓު 47 ސިކުންތުންނެވެ.

މި ރެކޯޑް ކުރިން ހަދާފައި ވަނީ އަހުމަދު ޝަރަފްއެވެ. ޝަރަފް ރެކޯޑް ހަދާފައިވަނީ މިދިޔަ ހަ މަސް ކުރިން މޮރޮކޯގައި ބޭއްވި ރަބަތު އިންޓަނޭޝަނަލް މެރަތަންގައެވެ. އޭނާ ރޭސް ނިންމީ 2 ގަޑިއިރު 42 މިނެޓު 28 ސިކުންތުންނެވެ.

އެގޮތުން އެތްލެޓިކްސް އެސޯސިއޭޝަނުން ބުނީ ގައުމީ ރެކޯޑް ޝީފާޒް މުގުރާލީ ޝަރަފް މެރަތަން ނިންމިވަރަށްވުރެ އެއް މިނެޓް 41 ސިކުންތު އަވަސް ވަގުތަކުން ކަމަށެވެ.

ޝަރަފްގެ ކުރިން ގައުމީ ރެކޯޑް އޮތީ މީގެ 27 އަހަރު ކުރިން ޑރ.ކުޑަ ހުސައިން އަތުގައެވެ. އޭނާ ރެކޯޑް ހެދީ 1989 ވަނަ އަހަރު ޕާކިސްތާނުގެ އިސްލާމް އާބާދުގައި ބޭއްވި ސާފް ގޭމްސްގައެވެ. އެފަހަރު ކުޑަހުސެއިން މެރަތަން ނިންމީ 2 ގަޑިއިރު 45 މިނެޓު ތިން ސިކުންތުންނެވެ.

މެރަތަންގެ ގައުމީ ރެކޯޑް ހޯދި ޝިފާޒް ވަނީ ދިރާގް ރޯޑް ރޭސްވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ރެޑްބުލް ކެޗް ދަ ފެރީ ރޭސް 2015 ވަނަ އަހަރު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް