ކ. މާލެ
|
18 ސެޕްޓެންބަރ 2017 | ހޯމަ 15:02
ހަމަލާއަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ
ހަމަލާއަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ
ގޫގުލް
ލަންޑަން ހަމަލާ
ލަންޑަންގެ ރޭލް ހަމަލާއާ ގުޅިގެން ފުލުހުން މިހާތަނަށް ހައްޔަރު ކުރި ދެމީހުންނަކީ އިނގިރޭސި ދެމަފިރިއަކު ބަލާބޮޑު ކުރި ދެމީހުން
 
މިހަމަލާއާ ގުޅިގެން 30 މީހަކު ވަނީ ޒަޚަމްވެފައި

 

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ ހުޅަނގު ދެކުނު ސަރަހައްދުގެ ބިމު އަޑީ ރޭލު މަގު ނުވަތަ "ޓިއުބް" އިން ދަތުރުކުރި ރޭލެއްގައި ހުކުރު ދުވަހު ހެނދުނު  ބޮން ގޮއްވުމާ ގުޅިގެން ހައްޔަރު ކުރި ދެމީހުންނަކީ އިނގިރޭސި ދެމަފިރިއަކު ބަލާބޮޑު ކުރި ދެމީހުން ކަމަށާއި އެމީހުންނާ މިހާރު ފުލުހުން ތަހުގީގަށް ސުއާލު ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރާއި 21 އަހަރުގެ މީހެކެވެ. ހައްޔަރު ކުރެވުނު 21 އަހަރުގެ މިހާއަކީ ސީރިޔާއަށް އުފަން މީހެކެވެ. އަދި 18 އަހަރުގެ މިހާއަކީ އިރާގަށް އުފަން މީހެކެވެ.

ހައްޔަރު ކުރެވުނު ދެމީހުން ބަލާބޮޑު ކުރި އިނގިރޭސި ދެމަފިރިންގެ ގެ އިނގިރޭސި ފުލުހުން ވަނީ ހޮނިހިރު ދުވަހު ބަލާފާސްކޮށްފައެވެ. އަދިވެސް ކައުންޓަ ޓެރަރިޒަމް އިންވެސްޓިގޭޓަރުން އެ ގެ  ބަލާ ފާސްކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ބޮން ގޮއްވުމުގެ ހާދިސާއާ ގުޅިގެން މިހާތަނަށް ދެމީހުން ހައްޔަރުކޮށްފައިވާއިރު އިނގިރޭސި ވިލާތުގެ ޓެރާ ތްރެޓް ލެވެލް، "ކްރިޓިކަލް" އިން "ސިވިއާ" އަށް ވަނީ ދަށްކޮށްފައެވެ. 

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ގޮއްވާލަން އުޅުނު ބޮން ރަނގަޅަށް ގޮވާފައި ނުވެއެވެ. އެ ބޮން ފުރިހަމައަށް ގޮވި ނަމަ ރޭލުގެ އެ ކެރީޖްގައި ތިބި އެންމެން މަރުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސި ފުލުހުން ބުނެފައި ވަނީ ގޮއްވާލަން ބޭނުންކުރި ޑިވައިސް ނުވަތަ އައިއީޑީ ތައްޔާރު ކުރަން ބޭނުންކުރި ގޮތުގެ ތަފްސީލް ހޯދަމުންދާ ކަމަށެވެ. 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
100%
0%
0%
0%
ކޮމެންޓް