ކ. މާލެ
|
18 ސެޕްޓެންބަރ 2017 | ހޯމަ 14:40
ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންތަކެއް
ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންތަކެއް
ބީބީސީ
ރޮހިންޖާ މުސްލިމުން
އެހީ ހޯދަން އުޅުނު ރޮހިންޖާ މުސްލިމުންގެ ބަޔަކު ތޮއްޖެހި ފިތިބާރުވުމުގެ ސަބަބުން ދެ ކުޑަކުދިންނާއި އަންހެނަކު މަރުވެއްޖެ
 
އެހީދޭ ފަރާތްތަކުން ބުނަނީ މިފަދަ ހާދިސާތައް ހިނގަނީ ގަވާއިދާ ހިލާފަށް އެހީ ފޯރުކޮށްދޭން އުޅުމުން ކަމަށް

 

ބަންގްލަދޭޝްގައި ތިބި ރޮހިންޖާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމުގެ ތެރޭގައި ތޮއްޖެހި ފިތިބާރުވުމުގެ ސަބަބުން  ދެ ކުޑަކުދިންނާއި އަދި އަންހެނަކު މަރުވެފައިވާ ކަމަށް އެހީދޭ އެޖެންސީތަކުން ބުނެފިއެވެ.

އެހީދޭ އެކި އެޖެންސީތަކުގެ މައްޗަށް އެކުލެވިގެންވާ ޖަމާއަތެއް ކަމަށްވާ "އިންޓާ ސެކްޓާ ކޯޑިނޭޝަން  ގްރޫޕް (އައިއެސްސީޖި)"  އިން ސެޕްޓެމްބަރު 15 ގައި ނެރުނު ރިޕޯޓެއްގައި ބުނީ ބަލުހަލީ ޕަން ބާޒާރު އޭރިއާގެ މަގެއްގައި ހުއްދަ ނުހޯދާ ބޭއްވި އަންނައުނު ބެހުމުގެ ހަރަކާތެއްގައި ތޮއްޖެހި ފިތިބާރުވެގެން ދެ ކުޑުކުދިންނާއި އަދި އަންހެނަކު މަރުވެފައިވާ ކަމަށާއި، ގަވާއިދުތަކާއި އުސޫލުތައް ހުރެމެ އަދި ކަންކަން އިންތިޒާމް ކުރާ ކޮންޓްރޯލް ރޫމްއެއް ހުރެމެ، އަމިއްލަށް ބައެއް ފަރާތްތަކުން އެހީގެ ސާމާނު ބަހާ ހަދާ ކަމަށެވެ. 

އައިއެސްސީޖީން ބުނާ ގޮތުން ވަގުތީ ހިޔާތަކުގައި ތިބި ރޮހިންޖާ މުސްލިމުންގެ 326،700 މީހުންނަށް ކުއްލި، ފުރިހަމަ ބޯހިޔާވަހިކަން ބޭނުންވާ ކަމަށެވެ. 

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންެނެވެ.

މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެ ސް މަހްރޫމް ކުރެވިފައިވާ ބައެކެވެ. 

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 400،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް