ކ. މާލެ
|
18 ސެޕްޓެންބަރ 2017 | ހޯމަ 11:33
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު
ފޭސްބުކް
އިންޑޯ އެންޑް މާޝަލް އާޓްސް
ރާއްޖޭގެ ފުޓްސަލް ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ
ޔޫއޭއީ އަތުން ރާއްޖެ ބަލިވީ 3-1 އަކުން
ދެވަނަ މެޗުގަައި ރާއްޖެ ނުކުންނާނީ އަފްޢާނިސްތާނާ ދެކޮޅަށް

ފަސްވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ރާއްޖޭގެ ފުޓްސަލް ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ތުރެކެމިނިސްތާނުގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ ފުޓްސަލް ޓީމު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ރާއްޖެއިންނެވެ. އެގޮތުން ފުރަތަމަ ހާފުގައި ރާއްޖޭގެ މުހައްމަދު އިމްރާން ވަނީ ލަނޑެއް ޖަހާ ރާއްޖެއަށް ލީޑު ނަގައިދީފައެވެ. އެހެނަސް އިމްރާން މި ލަނޑު ޖެހިތާ މާ ގިނައިރު ނުވަނީސް ޔޫއޭއީއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނުއިރު ޔޫއޭއީ އިން ވަނީ ދެވަނަ ހާފުގައި ރާއްޖޭގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ރާއްޖޭގެ ޓީމުގެ ގޯލްކީޕަރު އިސްމާއިލް ފާތިހް (ތާޑޭ) ގެ ފަރާތުން ގިނަ ސޭވްތަކެއް ފެނިގެންދިޔަ ނަމަވެސް ޔޫއޭއީ އިން ވަނީ އިތުރު ދެ ލަނޑު ޖަހާ މެޗުން ތިން ޕޮއިންޓް ހޯދާފައެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައި އަފްޢާނިސްތާނުން ވަނީ 6-1 އަކުން ޗައިނާ ބަލިކޮށްފައެވެ. ރާއްޖޭގެ ދެވަނަ މެޗުގައި ވާދަކުރާނީ އަފްޢާނިސްތާނާ ދެކޮޅަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް