ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 23:09
ރިޔަން އެއާލައިންގެ ފްލައިޓެއް
ރިޔަން އެއާލައިންގެ ފްލައިޓެއް
ގޫގުލް
ރިޔަން އެއާލައިން
ރިޔަން އެއާލައިންގެ 40 ފްލައިޓެއް ހަ ހަފްތާ ވަންދެން ކެންސަލް ކުރަން ނިންމައިފި
މިކަމާއި ގުޅިގެން ގިނަ ކަސްޓަމަރުން ދަނީ އެ އެއާލައިންއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުން

ރިޔަން އެއާލައިންގެ 40 ނޫނީ 50 ފްލައިޓް، ހަ ހަފްތާ ވަންދެން ކެންސަލް ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޔަން އެއާލައިންގެ މާކެޓިންގް އޮފިސަރ ކެނީ ޖޭކޮބްސް ވިދާޅުވީ ޕައިލެޓުންގެ ޗުއްޓީ ރޭވުމުގައި ދިމާވި މައްސަލަ އަކާއި ގުޅިގެން އެއާލައިން ދަތުރުތަކުގައި މައްސަލަ ޖެހިފައިވާ ކަމަށާއި މިކަމާއި ގުޅިގެން ސެޕްޓެމްބަރ 20 އާއި ހަމައަށް ފްލައިޓްގައި މައްސަލަ ޖެހުނު ކަސްޓަމަރުންނަށް އެކަން އަންގާފައިވާ ކަމަށެވެ. އަދި މިކަންތައް ހައްލުކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކެނީ ޖޭކޮބްސް އިތުރަށް ވިދާޅުވީ ކަސްޓަމަރުން ފްލައިޓްގެ ބުކިންގް ހެދުމަށް ބޭނުން ކުރެއްވި އީމެއިލް ބެލުމަށް އިލްތިމާސް ކުރާ ކަމަށާއި މި މައްސަލައާ ގުޅިގެން ފްލައިޓްގައި މައްސަލަ ޖެހުނު ކަސްޓަމަރުންނަށް އީމެއިލްގެ ޒަރިއްޔާއިން އެކަން އަންގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ގިނަ ކަސްޓަމަރުން ދަނީ އެ އެއާލައިންއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.  

 

 

   

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް