ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 15:21
ބާސެލޯނާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ބާސެލޯނާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ގޫގުލް
ކުޅިވަރު
ޕައުލީނިއޯ ފަހު ވަގުތު ބާސާ މޮޅުކޮށްދީފި
ރޭ ގެޓަފޭއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއިން

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ގެޓާފޭއާ ބައްދަލުކުރި މެޗުގެ ފަހު ވަގުތު ޕައުލިނިއޯ ކާމިޔާބު ކޮށްދިން ލަނޑުން ބާސެލޯ މޮޅުވެއްޖެއެވެ.

ރޭ ގެޓަފޭއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ގަޓަފޭގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގެޓާފާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ގެޓަފޭއިންނެވެ. އެޓީމުން ލީޑު ނެގީ މެޗުގެ 39 ވަނަ މިނެޓްގައި ޝިބަސަކީ ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑުންނެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ބާސާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ފުރަތަމަ ހާފްގައި ބާސާއަށް ގެޓާފޭގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު، މި ހާފުގެ ކުރީކޮޅު އެޓީމުގެ ޒުވާން ފޯވާޑް އޮސްމާނޭ ޑެމްބެލޭއަށް ވަނީ އަނިޔާގެމައްސަލަ ކުރިމަތިވެ ބަދަލުކޮށްފައެވެ.

އެގޮތުން ޑެމްބެލޭގެ ބަދަލުގައި ކުޅެން އަރުވާފައިވަނީ ޒުވާން ފޯވާޑް ޖެރާޑް ޑެލޮފެއު އެވެ.

ފުރަތަމަ ހާފު ގެޓަފޭއިން ލީޑުގައި އޮވެ ނިންމާލި ނަމަވެސް، ފަހުހާފުގައި ރަނގަޅު ކުޅުމެއް ދައްކާ ބާސާއިން ވަނީ މެޗުގެ 62 ވަނަ މިނެޓުގައި ލަނޑުޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ބާސާއަށް ކާމިޔަބު ކޮށްދިނީ ޑެނިސް ސުއަރޭޒްއެވެ. މި ލަނޑަށް ފަހު މެޗުގެ ލީޑުނެގުމަށް ބާސާއިން ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 84 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހުހާފުގައި އެރި ޕައުލީނިއޯ ވަނީ ލަނޑެއް ޖަހާ ބާސާއަށް ލީޑުނަގައިދީފައެވެ.

މި މޮޅާއެކު ބާސާ މިހާރު އޮތީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ ލިބުނު 12 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައެވެ. ލީގުގެ ދެވަނައިގައި ބާސާއަށް ވުރެ އެއް މެޗު މަދުން ކުޅެ ނުވަ ޕޮއިންޓާއެކު ރެއާލް ސޮސިއެޑާޑް އޮތްއިރު ތިންވަނައިގައި އަށް ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ. ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ އެއިބާއާއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް