ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 15:19
ބަޔާން އަދި މެއިންޒް ބައްދަލުކުރި މެޗުގެ ތެރެއިން
ބަޔާން އަދި މެއިންޒް ބައްދަލުކުރި މެޗުގެ ތެރެއިން
ގޫގުލް
ކުޅިވަރު
ލެވެންޑޯސްކީ ކާމިޔާބު ކޮށްދިން ދެ ގޯލާ އެކު ބަޔާން މޮޅުވެއްޖެ
މައިންޒްއާ ވާދަކޮށް ބަޔާންއިން މެޗު ކާމިޔާބުކުރީ 0-4 ގެ ނަތީޖާއިން

ޖަރުމަނު ލީގުގައި ހޮނިހިރު ދުވަހުގެރޭ މެއިންޒްއާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ބަޔާން މިއުނިކުން ކާމިޔާބުކޮށްފިއެވެ.

ރޭގެ މެޗު މެއިންޒްއާ ވާދަކޮށް ބަޔާންއިން ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ވަރަށް ކުރީ ކޮޅު ބަޔާންއިން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އާރެޔަން ރޮބެން ވަނީ ބަޔާންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފް ދެލަނޑުގެ ލީޑއެއްގައި އޮވެގެން ބަޔާންއިން ނިންމާލިއިރު، އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 50 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ލެވެންޑޯސްކީއެވެ. އަދި ބަޔާންގެ ހަތަރުވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ލެވެންޑޯސްކީއެވެ.

ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކު ލެވެންޑޯސްކީ މިހާރު ވަނީ ޖަރުމަނު ލީގުގައި ބަޔާންއަށް ކުޅެދިން 100 މެޗުގައި 82 ގޯލު ކާމިޔާބުކޮށްދީފައެވެ.

ރޭގެ މޮޅާއެކު ބަޔާން އޮތީ ނުވަ ޕޮއިންޓާއެކު ލީގުގެ ދެވަނައިގައެވެ. ލީގުގެ އެއްވަނައިގައި 10 ޕޮއިންޓާއެކު އޮތީ ހެނޯވާއެވެ. ބަޔާން އަތުން ރޭ ބަލިވި މެއިންޒް އޮތީ ތިން ޕޮއިންޓާއެކު ލީގުގެ 14 ވަނައިގައެވެ. ބަޔާންއިން ލީގުގައި ދެން ބައްދަލުކުރާނީ ޝާލްކޭއާއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް