ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 10:48
ރާއްޖޭ 16 އަހަރުން ދަށުގެ ޓީމު ތަޖިކިސްތާނަށް ފުރުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިލައިގެން
ރާއްޖޭ 16 އަހަރުން ދަށުގެ ޓީމު ތަޖިކިސްތާނަށް ފުރުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިލައިގެން
އެފްއޭއެމް
ރާއްޖެ 16 އަހަރުން ދަށުގެ ޓީމު
އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތަށް ގައުމީ ޓީމު ތަޖިކިސްތާނަށް ފުރައިފި
ރާއްޖެ ނިކުންނާނީ ފުރަތަމަ މެޗުގައި އޮމާންއާ ދެކޮޅަށް

އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ރައުންޑަށް 16 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމު ތަޖިކިސްތާނަށް ފުރައިފި އެވެ.

ކޮލިފައިން ރައުންޑުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. މި ގްރޫޕްގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ތަޖިކިސްތާން، އޮމާން އަދި ސީރިއާ އެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި ރާއްޖެ ނިކުންނާނީ އަންނަ ބުދަ ދުވަހު އޮމާންއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ހުކުރު ދުވަހު ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ނިކުންނައިރު، ގްރޫޕްގެ ފަހު މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ސީރިޔާއާ ދެކޮޅަށެވެ.

ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމަށް އިރުޝާދު ދޭނީ ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކުރީގެ ކޯޗު މުހައްމަދު ޝާޒްލީ އެވެ.

ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ވަނީ 2015 ވަނަ އަހަރުވެސް އޭއެފްސީ 16 އަހަރުން ދަށުގެ ކޮލިފައިން ރައުންޑުގައި ވާދަކޮށްފައެވެ. އެފަހަރު އުޒްބަކިސްތާން އަތުން 0-8 ގެ ތަފާތުބޮޑު ނަތީޖާއަކުން ރާއްޖެ ބަލިވިއިރު، ޔަމަން އަތުން ބަލިވީ 0-6 ގެ ނަތީޖާއަކުންނެވެ. އަދި ފަލަސްތީން އަތުން ރާއްޖެ ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ.

ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ތަޖިކިސްތާނަށް ފުރާފައިވާއިރު، ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމު ވަނީ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ބޫޓާނަށް ފުރާފައެވެ.

18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭ ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗުގައި ހޯމަ ދުވަހު ނިކުންނާނީ މުބާރާތް ބާއްވާ ގައުމު ބޫޓާނާ ދެކޮޅަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް