ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 06:44
ހައިލެވެލް މިނިސްޓީރިއަލް މީޓިންގައި ރާއްޖެއިން ވަނީ ބައިވެރިވެފައި
ހައިލެވެލް މިނިސްޓީރިއަލް މީޓިންގައި ރާއްޖެއިން ވަނީ ބައިވެރިވެފައި
ގޫގުލް
އެންވަޔަރަމެންޓް މިނިސްޓްރީ
ހައިލެވެލް މިނިސްޓީރިއަލް މީޓިންގައި ރާއްޖެއިން ބައިވެރިވެއްޖެ
މިބައްދަލުވުމަކީ ކެނެޑާ ސަރުކާރުގެ އިސްނެގުމާއި، ޗައިނާ އަދި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ބޭއްވި ބައްދަލުވުމެއް

ކެނެޑާގެ މޮންޓްރިއާލްގައި ހައިލެވެލް މިނިސްޓަރުންގެ ބައްދަލުވުމުގައި، މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީ ތާރިޤް އިބްރާހިމް ހޮނިހިރު ދުވަހު ބައިވެރިވެ ވަޑައިގެންފިއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި، އަދި މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން ވަކާލާތުކޮށް އިސްދައުރެއް އަދާކުރައްވާ ފަރާތްތަކުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ.

ދިވެހި ރާއްޖެއިން މިބައްދަލުވުމުގައި ބައިވެރިވެފައިވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ ރިޔާސަތު ބަލަހައްޓަމުންދާ އެއޯސިސް ޗެއާގެ ހައިސިއްޔަތުންނެވެ. މިބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ 2015 ވަނަ އަހަރު ފަރަންސޭސިވިލާތުގެ ޕެރިހުގައި މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން އެކުލަވާލެވި އެއްބަސް ވެވުނު ޕެރިސް އެގްރީމެންޓް ތަންފީޒުކުރުމުގައި އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ފުޅާދާއިރާއެއްގައި ވާހަކަދެއްކުމެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މިދިޔަ ހަފްތާގައި އެޓްލާންޓިކްގައި ހިނގާދިޔަ ތޫފާނުގެ ކާރިސާއަށް އަލިއަޅުއްވާލައްވައި،މިނިސްޓަރ ތާރިޤް ވިދާޅުވީ، އެ ކާރިސާގައި ގެއްލުންވި ޤައުމުތަކާއި ލިބުނު ހިތާމައިގައި ދިވެހިން ބައިވެރިވާކަމަށާއި މިކާރިސާ އިން އަންގައިދެނީ މޫސުމަށް އަންނަ ބަދަލުތަކަށް އަމަލީ ސިފައެއް ގެނައުމަށް ވަގުތު ކުޑަތަންވަމުން އަންނަ ކަމަށާއި، މަސައްކަތްތަކަށް މިހާރަށް ވުރެ ހަލުވި ދުވެއްޔެއް ކުރަން ޖެހޭނެ ކަމެވެ.

މިބައްދަލުވުމަކީ ކެނެޑާ ސަރުކާރުގެ އިސްނެގުމާއި، ޗައިނާ އަދި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ބޭއްވި ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީގެ އިސް މުވައްޒަފުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް