ކ. މާލެ
|
16 ސެޕްޓެންބަރ 2017 | ހޮނިހިރު 09:47
ރޭލުގައި ގޮއްވާލި އައިއީޑީ
ރޭލުގައި ގޮއްވާލި އައިއީޑީ
ގޫގުލް
އިނގިރޭސި ވިލާތް
އިނގިރޭސި ވިލާތުގެ ޓެރާ ތްރެޓް ލެެވެލް "ކްރިޓިކަލް" އަށް ޖައްސައިފި
 
ބޮން ގޮއްވުމުގެ ހާދިސާގައި 29 މީހަކު ޒަޚަމްވި

 

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ ހުޅަނގު ދެކުނު ސަރަހައްދުގެ ބިމު އަޑީ ރޭލު މަގު ނުވަތަ "ޓިއުބް" އިން ދަތުރު ކުރި ރޭލެއްގައި ހުކުރު ދުވަހު ހެނދުނު ބޮން ގޮއްވި ހާދިސާ އާއި ގުޅިގެން އެގައުމުގެ ޓެރާ ތްރެޓް ލެވެލް، ކްރިޓިކަލް އަށް ޖައްސައިފިއެވެ.

ޓެރާ ތްރެޓް ލެވެލް ނުވަތަ ޓެރަރިޒަމްގެ ހަމަލާއެއް ދީފާނެ މިންވަރު، ކްރިޓިކަލް ނުވަތަ  "ވަރަށް ގާތް" ކަމަށް ކަމާބެހޭ ފަރާތްތަކުން ކަނޑައެޅި އިރު ހުކުރު ދުވަހުގެ ބޮން ގޮއްވުމުގެ ހާދިސާގައި 29 މީހަކު ޒަޚަމްވިއެވެ. 

އިނގިރޭސި ފުލުހުން ބުނީ ހަަމަލާ އާއި ގުޅިގެން ހަތިޔާރު ހިފައިގެން ތިިބި 1000 އޮފިސަރުން ސަލާމަތީ ކަންކަން ބެލެހެެއްޓުމުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.  

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ގޮއްވާލަން އުޅުނު ބޮން ރަނގަޅަށް ގޮވާފައި ނުވެއެވެ. އެ ބޮން ފުރިހަމައަށް ގޮވި ނަމަ ރޭލުގެ އެ ކެރީޖް ގައި ތިބި އެންމެން މަރުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

އިނގިރޭސި ފުލުހުން ބުނާގޮތުން ރޭލުގައި ގޮވީ އައިއީޑީ އެކެވެ. ރޭލުގައި ބޮން ގޮއްވި ހާދިސާގައި ގޮއްވާލުމަށް ބޭނުން ކުރި ޑިވައިސްގެ ފޮޓޯ އެއް ވަނީ މީޑިއާތަކުގައި އާންމުވެފައެވެ. މި ފޮޓޯ އިން ފެންނަ ގޮތުން ސުޕަ މާކެޓް ކޮތަޅަށް އަޅާފައި ހުރި ހުދު ބާލިދީ އެއްގައި ނަރުތަކެއް ހުއްޓެވެ. އަދި އެ ކޮތަޅު ހުރީ ރޭލުގެ ކެރީޖް އެއްގައެވެ. 

ހަމަލާގެ ޒިންމާ ނަގާފައި ވަނީ އިސްލާމިކް ސްޓޭޓް އިންނެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ