ދޮންނަ މެޝިނެއްގައި އަލިފާން ރޯވެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފަންނު ފެޝިނޭޝަން ގޭގައި ދޮންނަ މެޝިނެއް ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފައިވާ ކަމަށާއި މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ހުކުރު ދުވަހުގެރޭ 20:04 ގައި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން 57 އަހަރުގެ އަންހެނަކު ވަރަށް ބޮޑަށް ފިހި އޭނާއަށް އައިޖީއެމް ހޮސްޕިޓަލްގައި މިހާރު ފަރުވާދެމުންދާ ކަމަށެވެ. އެހެންނަމަވެސް ފިހުނީ ކިހާ ޕަސަންޓެއް ކަމެއް ދަންނަވާލަން ދަތި ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަންހެން މީހާގެ ހާލު ވަރަށް ސީރިއަސް އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފް ފަޔަރ އެންޑު ރެސްކިޔު ސާރވިސަސް އާއި މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން ދަނީ އިތުރަށް ތަހްޤީޤްކުރަމުން ނެވެ.