ކ. މާލެ
|
15 ސެޕްޓެންބަރ 2017 | ހުކުރު 17:44
ބީ.އެލް.އެލް ފެއަރގެ ތެރެއިން
ބީ.އެލް.އެލް ފެއަރގެ ތެރެއިން
ސިމާހާ ނަސީމް
ބީ.އެލް.އެލް ފެއަރ 2017
"ބީ.އެލް.އެލް ފެއަރ 2017" ފަށައިފި
ފެއަރ ކުރިއަށްދާނީ ހުކުރު ދުވަހުގެ ހަވީރު 4.00 އިން ރޭގަނޑު 10:30 އަށް
ސްޓޯލްތަކުގައި ކުޑަކުދިންގެ ތަފާތު ހަރަކާތްތައް ކުރިއަށްދާނެ

"ބީ.އެލް.އެލް ފެއަރ 2017" ހުކުރު ދުވަހުގެ ހަވީރު އާރޓިފިޝަލް ބީޗްގައި ފަށައިފިއެވެ. މި ފެއަރ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 10.30 އާއި ހަމައަށެވެ.

މި ފެއަރ އަކީ ބްރިޖް ލިޓްލް ލަރނާރސް ޕްރީ ސްކޫލުގެ ޕީޓީއޭ އިން ކުރިއަށް ގެންދާ ފެއަރ އެކެވެ.

ބްރިޖް ލިޓްލް ލަރނާރސް ޕްރީ ސްކޫލުގެ ޕީޓީއޭގެ މެމްބަރެއް ކަމަށްވާ މަރިޔަމް ޝިއުނީ ވިދާޅުވީ މި ފެއަރ އަކީ ސުކޫލްގެ ޓީޗަރުންނާއި ބެލެނިވެރިން ގުޅިގެން ކުރިއަށްގެންދާ ފަންޑް ރެއިޒިންގ އިވެންޓެއް ކަމަށެވެ. އަދި މި ފެއަރއިން ލިބޭ ފަންޑު ސުކޫލްގެ އެކި އެކި ކަންތައްތަކަށާއި ކުދިންގެ ކުރިއެރުމަށް ބޭނުންވާ ކަންތައްތައް ކުރުމަށް ބޭނުންކުރެވިގެންދާނެ ކަމަށް ޝިއުނީ ވިދާޅުވިއެވެ.

ޝިއުނީ ވިދާޅުވީ މި ފެއަރ ގައި ސުކޫލްގެ ފަރާތުން ހިންގާ 20 ސްޓޯލްއެއް ބެހެއްޓިފައިވާ ކަމަށާއި މި ސްޓޯލްތަކުގައި ކުޑަކުދިންގެ ތަފާތު ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ޙާއްސަކޮށްގެން ފުޓްބޯޅަ ގޭމް، ޝޫޓިންގޭމް، މަސްބޭނުން، ސްކޫޓީ ރޭސް ފަދަ ތަފާތު ކުޅިވަރުތައް ހިމެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިއުނީ އިތުރަށް ވިދާޅުވީ މި ފެއަރ ގައި ވިޔަފާރިވެރިންނަށް ތަފާތު 40 ސްޓޯލް ދޫކޮށްފައިވާނެ ކަމަށެވެ. އަދި ދިރާގުން މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނީތީ ދިރާގަށް ޝުކުރު އަދާކުރާކަމަށްވެސް ޝިއުނީ ވިދާޅުވިއެވެ.

މ ފެއަރގައި ވަނީ ކުޑަކުދިންގެ ފޭސް ޕެއިންޓިންގ، ހީނާފަތްއެޅުން، އޮރިގާމީ، ގާރލޭންޑް މޭކިންގ ، ކުލަޖެއްސުން، އަދި ބައުންސިންގ ކާސްލް ފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

މިއިން ކޮންމެ ހަރަކާތަކީވެސް، ހަރަކާތުގައި ބައިވެރިވާ ތުއްތު ކުދިންނަށް އިނާމު ކަނޑައެޅިފައިވާ ހަރަކާތްތަކެވެ. މީގެއިތުރުން ކުޑަކުދިންނަށް ތައްޔާރުކުރެވިފައިވާ ޕޮކްޕޯން ވިއްކުމުގެ އިތުރުން،ބެލެންވެރިންނަށް އަމިއްލައަށް ތައްޔާރުކޮށްފައިވާ ކާ އެއްޗެހި ކެންޓީނުގައި ވިއްކުމުގެ ޚިދުމަތާއި ޖަމްބްލް ސޭލްވެސް މި ފެއާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިފަހަރުގެ ފެއަރގެ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި 1438 ބޮޑުބެރު ގްރޫޕާއެކު، އޮއިވަރު ބޭންޑް އަދި ހުނަރުވެރި ޒުވާން ފަންނާނުންގެ ލަވަކިޔުން ވެސް ކުރިޔަށް ދާނެއެވެ. މިގޮތުން މި ޝޯގައި އިޝާން، އަމަން، ޝަމްވީލް، ހަމްދާން މުސީ އަދި ޖައިޝާ ފަދަ އެތައް ލަވަކިޔުންތެރިންނެއް ފެނިގެންދާނެއެވެ. މީގެއިތުރުން ތުއްތުކުދިންނަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ފޮތްތަކެއް ވެސް ނެރެދިނުން މި ފެއަރގައި އޮންނާނެއެވެ. 

މި ފެއަރގައި ބައިވެރިވުމަށް 5 ކޫޕަން ގަތުމުން ނަޞީބު ކޫޕަން ލިބޭގޮތަށް ހަމަޖެހިފައިވާއިރު، ކެންޓީނުން 25 ރުފިޔާއަށް ވުރެ މަތީ ޢަދަދަކަށް ތަކެތި ގަތުމުން ވެސް ނަޞީބު ކޫޕަނެއް ލިބޭނެއެވެ. ނަޞީބު ނަންބަރު ނެގުން ދެ ގަޑިއަކަށް ބަހާލާފައިވާއިރު ހަވީރު 5:45 އާއި ރޭގަނޑު 21:30 ގައި ވެސް ނަސީބު ނަންބަރު ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ.

ނަޞީބުވެރި ފަރާތްތަކަށް ކަނޑައަޅާފައިވާ އިނާމްތަކުގެ ތެރޭގައި.

  • 2 އެއަރ ޓިކެޓް - ކޮރެއަން އެއަރ އިން ސްރީލަންކާ އަށް
  • 1 އެއަރ ޓިކެޓް މޯލްޑިވިއަންގެ ފަރާތުން
  • ހުދުރަންފުށި ރިޒޯޓުގެ ފަރާތުން 2 މީހެއްގެ 2 ރޭގެ ހުރުން
  • އެރިޔަދޫ ރިޒޯޓުގެ ފަރާތުން ހުށަހަޅާފައިވާ 2 މީހެއްގެ 1 ރޭގެ ހުރުން (2 ކުދިންނާއެކު)
  • ޝައިން ސެލޫންގެ ފަރާތުން 1000 ރުފިޔާގެ 2 ގިފްޓް ވައުޗަރ
  • ބްރީތު ލައިފްގެ ފަރާތުން 1 މަސްދުވަހުގެ ފިޓްނަސް ޕެކޭޖެއް
  • މާޑު ގަރާޖުން 1200 ރުފިޔާގެ 1 ސައިކަލް ސަރވިސް
  • ބާސެލޯސްގެ ފަރާތުން 4 ފުޑް ވައުޗަރ (4 މީހުންގެ ގްރޫޕް)
  • ސީ ހައުސްގެ ފަރާތުން 1 ފުޑް ވައުޗަރ 2 މީހަކަށް
  • މޫވީ ލިންކުން 500 ރުފިޔާގެ 1 ގިފްޓް ވައުޗަރ
  • މި ފެއަރގައި އިސްކޮށް ހަރަކާތެރިވަނީ ބީ.އެލް.އެލް ގެ ޕީޓީއޭ ގެ ހިންގާ ކޮމެޓީ އާއި ސްކޫލުގެ ބެލެނިވެރިންނެވެ.  
  • މި ފެއަރގައި ވަނީ ކުޑަކުދިން ނެށުމުގެ ފަރި ހަރަކާތްތަކެއްވެސް ފެނިގެންގޮސްފަ އެވެ.

މިދިޔަ އަހަރުވެސް ވަނީ ބީ.އެލް.އެލް ފެއަރ އެއް ބާއްވާ ކާމިޔާބުކަމާއި އެކު ނިންމާލާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މިނެޓު ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް