ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 19:36
ބޯޑާ ހުރަސްކުރި ބައެއް ރޮހިންޖާ މުސްލިމުން
ބޯޑާ ހުރަސްކުރި ބައެއް ރޮހިންޖާ މުސްލިމުން
އަލްޖަޒީރާ
ރޮހިންޖާ މުސްލިމުން
އިތުރު ރޮހިންޖާ މުސްލިމުންދަނީ ބަންގްލަދޭޝް ބޯޑާ ސަރަހައްދަށް ޖަމާވަމުން،ގައުމުތަކުގެ އެހީތެރިކަންވަނީ ބޭނުންވެފައި!
 
މިޔަންމާގައި ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އދ އިން ވަނީ ގޮވާލައްވާފަ
 
ހަތަރު ލައްކަ ރޮހިންޖާ މުސްލިމުންވަނީ ބަންގްލަދޭޝްއަށް ޖަމާވެފައި

ރޮހިންޖާ މުސްލިމުންގެ ތެރެއިން ގާތްގަނޑަކަށް 4 ލައްކަ މުސްލިމުން ބަންގްލްދޭޝްއަށް ގޮސްފައިވާ ކަމަށާއި ނަސްލެއް ނައްތާލުމަށް ހިންގާ ލާއިންސާނީ އަމަލުތަކަށް ހުއްޓުމެއް ނާންނަ ނަމަ މި އަދަދު އިތުރުވެގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އދ އިން ހާމަކޮށްފި އެވެ.

ރޮހިންޖާ މުސްލިމުން މިޔަންމާގެ ރަޚައިނު ސްޓޭޓް ދޫކޮށް، ބަންގްލަދޭޝް ބޯޑާ ސަރަހައްދަށް ޖަމާވަމުން ދަނީ އޮގަސްޓް 25 ން ފެށިގެންނެވެ. ބަންގްލަދޭޝްއަށް ޖަމާވަމުން އަންނަ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް އދ އިން ކެނޑިނޭޅި މަސައްކަތްތައް ކުރަމުންދާ އިރު ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާއި ގައުމުތަކުން މިހާރަށް ވުރެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ އިން ވަނީ ގޮވާލައްވާފަ އެވެ.

" އިންސާނިއްޔަތަށްޓަކައި މިޔަންމާގެ ރައްޔިތުންނަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން އެހީތެރިކަން އެބަޖެހޭ ފޯރުކޮށްދޭން."  ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް އެންޑް އެމަރޖެންސީސް ފޯ ދި އިންޓަރނޭޝަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން މުހައްމަދު އަބްދިކަރު ވިދާޅުވި އެވެ.

ރަޚައިނު ސްޓޭޓްގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ، މިޔަންމާގެ ލީޑަރު އަން ސަން ސޫ ކީއަށް ހައްލުކުރަން އެންމެ އުނދަގޫވެފައިވާ، އަދި ބައިނަލްއަގްވާމި ދުނިޔޭގެ އެންމެ ބޮޑު ފާޑުކިޔުންތައް ދިމާވެފައިވާ މައްސަލައެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓީނިއޯ ގުޓެރެސް އާއި އދގެ ސެކިއުރިޓީ ކައުންސިލުން ވެސް ވަނީ މިޔަންމާގައި ހިނގަމުންދާ ލާއިންސާ އަމަލުތައް ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.

ރޮހިންޖާ މުސްލިމުންނަށް ލާއިންސާނީ އަމަލުތައް ހިންގަމުން ނުދާ ކަމަށާއި އެމީހުން ހަމަލާދެމުންދަނީ އެ ސަރަހައްދުގެ ހަނގުރާމަވެރި ޓެރަރިސްޓުން ކަމަށް މިޔަންމާގެ މިލިޓަރީންދަނީ ބުނަމުންނެވެ. އަދި ރޮހިންޖާ މުސްލިމުން ދިރިއުޅޭ ގެތަކުގައި ރޯކުރަމުންދަނީ، ހަނގުރާމަވެރި ޖަމާއަތުން ކަމަށް ވެސް މިޔަންމާގެ ސަރުކާރުންދަނީ ބުނަމުންނެވެ.

ބުރާސްފަތި ދުވަހު ވެސް މިޔަންމާގެ ފަސް ސަރަހައްދަކުން ދުން އަރަމުންދިޔަ މަންޒަރު ފެނިފައިވާ ކަމަށް ބަންގްލަދޭޝް ބޯޑާ ސަރަހައްދުގައި ތިބި ރިޕޯޓަރުން ބުނެ އެވެ. އަލިފާން ރޯވެފައިވަނީ ކޮންތަނެއްގައި ކަމެއް ނުވަތަ ކޮންބައެއް ރޯކޮށްލި އަލިފާންގަނޑެއް ކަމެއްވެސް ސާފު ނުވާކަމަށް ރޮއެޓާސްގެ ރިޕޯޓްގައި ބުނެއެވެ..

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ